ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ކަނޑައަޅާފައިވާ 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ. މި މަޝްރޫޢަކީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ބިން ދޫކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުން ވަނީ ބޮޑު ޑްރެޖަރެއް ގެނެސްފައެވެ. އެގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ މަސައްކަތް ޙަވާލުކޮށް، ބޮސްކާލީސްގެ 22,000 ކިއުބިކް މީޓަރުގެ ވެލި އެއްފަހަރާ ނެގޭވަރުގެ ބޮޑު ޑްރެޖަރެއް ބޭނުންކޮށްގެން ވަނީ މަސައްކަތް އަވަސްކޮށްފައެވެ. ސަރުކާރުން ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް ގާތްގަނޑަކަށް ދެ މަސްދުވަހުގެ ތެރޭގައި 40 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފަޅުތެރެ ހިއްކުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ 22 ސެޕްޓެމްބަރު 2023 ގައެވެ. ތިން މަރުޙަލާއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފުރަތަމަ ދެ މަރުޙަލާ ޙަވާލުކޮށްފައިވަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަނާއެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ މަސައްކަތް މަޑުޖެހުމުން، ސަރުކާރުން ވަނީ މަސައްކަތް އަވަސްކުރުމަށް އެމްއޭސީއެލްއާ ޙަވާލުކޮށް، ނޮވެމްބަރު 10 ގައި މަސައްކަތް އަލުން ފަށާފައެވެ.
ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، ބިން ހިއްކައި ނިމުމާއެކު އެ ސަރަޙައްދުގެ ޕްލޭނާ އެއްގޮތަށް ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދިނުމުގެ މަސައްކަތް ފެށުމަށް ވަނީ ނިންމާފައެވެ. އަދި އިންކަނޑާ ވަކިކުރެވޭ ވަރަކުން މި ޖެނުއަރީ މަހުގެ ތެރޭގައި ގޯތިތައް ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހިން ޖުމްލަ 698 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސަރަޙައްދުން ހަތް ސައިޒެއްގެ ބިން ދޫކުރާއިރު، ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި މިހާރު ވަނީ ގުރުއަތުލުންވެސް ބާއްވާފައެވެ. ބިން ހިއްކުމުގެ މަ

