ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އަންހެނުންގެ ގޮފީގެ ހިންގާ ކޮމިޓީއަށް މެންބަރުން އިންތިޚާބުކޮށް، އެ މެންބަރުންނަށް ޕާޓީން މަރުޙަބާ ކިޔައިފިއެވެ.
ކޮންގްރެސް ޕާޓީގެ އަންހެނުންގެ ގޮފީގެ އިސްވެރިންނާއި ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މުހިންމު ބައެއް ބޭފުޅުންނަކީ:
- ހީނާ ވަލީދު – އަންހެނުންގެ ގޮފީގެ ރައީސާ (ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އަދި އެންސްޕާގެ އެމްޑީ)
- ފާތިމަތު ސައުދާ – ހިންގާ ކޮމިޓީގެ މެންބަރު (ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު)
- ޑރ. އަނާރާ ނަޢީމް – ހިންގާ ކޮމިޓީގެ މެންބަރު (ހުރާ ދާއިރާގެ މަޖިލިސް މެންބަރު)
މި ގޮފީގެ ހިންގާ ކޮމިޓީގައި ޖުމްލަ 15 މެންބަރުން ހިމެނޭ އިރު، މިއީ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޕާޓީން ބުނެއެވެ.

