ކ. ތިލަފުށީގައި މަސައްކަތް ކުރަމުންދަނިކޮށް ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މި މީހާ ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ، އެ މީހާ ގެއްލިފައިވަނީ މިދިޔަ ހޯމަ ދުވަހު (26 ޖެނުއަރީ 2026) ކަމަށެވެ. އަދި އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު، 28 ޖެނުއަރީ 2026 ގައެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ފެނުނުއިރު އޮތީ މަރުވެފައެވެ.
މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާއާ ގުޅޭ އިތުރު ތަފްސީލެއް، ނުވަތަ އޭނާ މަރުވާން ދިމާވި ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް ހިއްސާކުރަމުންދާނެ ކަމަށެވެ.

