ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2024-2025 ވަނަ އަހަރުގެ ބަޖެޓުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވަނީ 54.2 މިލިއަން އެމެރިކާ ޑޮލަރެވެ. އެހެންކަމުން މި އަހަރުގެ ބަޖެޓުގައި ރާއްޖެއަށް ކަނޑައެޅި އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.
މި ފަހަރުގެ ބަޖެޓުގައި އިންޑިއާއިން އެންމެ ގިނަ ހިލޭ އެހީ ދޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެނީ ތިންވަނަ އަށެވެ. އެންމެ ގިނަ އެހީ ބޫޓާނަށް ކަނޑައަޅާފައިވާއިރު، ދެވަނައަށް އެންމެ ގިނަ އެހީ ކަނޑައަޅާފައިވަނީ ނޭޕާލަށެވެ. ރާއްޖެއާ އެއްވަރަށް މޮރިޝަސްއަށް ވެސް 69 މިލިއަން ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ބަންގްލަދޭޝްއަށް ކަނޑައެޅި ބަޖެޓު ވަނީ ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް ކުޑަކޮށްފައެވެ.
ރާއްޖެއަށް ކަނޑައެޅި އެހީގެ އަދަދު އިތުރުވެފައި މިވަނީ ދެ ގައުމުގެ ގުޅުން އަލުން ބަދަހިވަމުންދާ ދަނޑިވަޅެއްގައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ކުރީކޮޅު ދެ ގައުމުގެ ގުޅުމަށް ކުޑަ ހީނަރުކަމެއް އައި ނަމަވެސް، ދެ ގައުމުގެ އިސްވެރިން ކުރެއްވި ރަސްމީ ދަތުރުފުޅުތަކާއެކު މިހާރު ގުޅުން ވަނީ ވަރުގަދަވެފައެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ބަޖެޓުގައި ރާއްޖެއަށް މިހާ ބޮޑު އަދަދެއް ކަނޑައެޅުމަކީ ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ދޭ އަހައްމިއްޔަތު ހާމަވާ ކަމެކެވެ. މިއީ ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ އިގްތިސާދީ އަދި ތަރައްގީގެ ގުޅުންތައް އިތުރަށް ފުޅާވެގެންދާނެ ކަމުގެ ނިޝާނެއްގެ ގޮތުގައި ވެސް ބެލެވެއެވެ.

