މާލޭ ހިޔާ ފްލެޓްގެ 5 ވަނަ ފަންގިފިލާއިން އުމުރުން ދުވަސްވީ މީހަކު ވެއްޓި ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ މާލެ ހިޔާ 1 ވަނަ ފްލެޓުން މީހަކު ވެއްޓިފައިވާކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 6:50 ހާއިރު ކަމަށެވެ. ވެއްޓިފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އެ މީހާ ވެއްޓިފައިވަނީ އެ ފްލެޓްގެ 5 ވަނަ ފަންގިފިލާއިންކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ވެއްޓުނު މީހާއަށް ފަރުވާދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

