މި ސަރުކާރުން ރައްޔިތުންގެ ހުވަފެންތަކުގައި ކުލަޖައްސާއިދީ ތަރައްގީގެ މަޝްރޫއުތައް ތަންފީކުރާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު ޝިޔާމް އެހެން ވިދާޅުވީ އަންނަ އޭޕްރީލް 4 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ހދ. ކުޅުދުއްފުން ވާދަކުރާ އެޕާޓީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ލޯންޗުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ޝިޔާމް ވިދާޅުވީ މިއަދު ރައްޔިތުން ކުދިކުދި ހިޔާކޮޅާއި ފިނިއަށި އަޅާބައެއް ބޭނުންނުވާ ކަމަށެވެ. އެގޮތުން ކުޅުދުއްފުށި ސިޓީއަކީ ބޮޑު ސިޓީއެއްކަމަށްވާ އިރު ވަރުގަދަ އިގްތިސާދުގެ ނާރެހަކަށް، ދިވެހިރާއްޖޭގެ އުތުރުގެ އިގްތިސާދު ހެދޭނެކަމަށް ޝިޔާމް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ މާލީ ނިޒާމާއި ދިވެހިރާއްޖޭގެ އިގްތިސާދަށް، ހަމަޖެހުން ގެނައުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެންދަވަނީ މަސައްކަތް ކުރައްވަމުން، ހުރިހާ ރައްޔިތުންގެ ހުވަފެނުގައި އިރާދަކުރެއްވިޔާ ކުލަ ޖައްސާ އެ ތަރައްގީގެ މަޝްރޫއުތައް ތަންފީޒުކުރާނަން، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް
ޝިޔާމް ވިދާޅުވީ އުތުރުގެ ތަރައްގީގެ ދޮރޯށީގެ އެންމެ ގިނަ ޑޮލަރާއި އެންމެ ގިނަ ފައިސާ ވެއްދޭނެ ކުޅުދުއްފުށި ސިޓީއަށް ކަމަށެވެ. އެހެންނަމަވެސް އެކަން ކުރަން ނޭނގި އޮތުމުގެ ސަބަބުން މި ސަރުކާރުންދަނީ އެކަން ކުރުމަށް މަގުތައް ފަހި ކޮށްދެމުންކަމަށް ޝިޔާމް ވިދާޅުވިއެވެ.
ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދޭ ސަރުކާރަކާއެކުގައި ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބުގައި އެ ސިޓީން ކުރިމަތިލާފައި ތިބި ކެނޑިޓޭޓުންގެ އަތުގައި ހިފާއިގެން ކުރިއަށްދާ ޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޕީއެންސީ ކުރިމަތިލާގެ ތިބި ކެނޑިޓޭޓުންނަކީ ފިނިއަށިއާއި ފިނިމައިޒާން އަޅާނެ ބައެއް ނޫންކަމަށް ވިދާޅުވެ ޝިޔާމް ވިދާޅުވީ އެ ކެނޑިޓޭޓުންނަކީ ރައްޔިތުންގެ ޖީބުތައް ތަނަވަސްކޮށް، އިޖުތިމާއި ހަމަޖެހުން ވެސް ގެންނާނެ ކެނޑިޓޭޓުން ކަމަށެވެ.

