މަލްޓިފްލެކްސް ސްޓިއަރިން ސިސްޓަމް ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފިއެވެ. މި ސިސްޓަމް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދު އެވެ.
މަލްޓިފްލެކްސް ސްޓިއަރިން ސިސްޓަމްއާ ގުޅިގެން އެމްޓީސީސީން މިވަނީ ކަނޑު އުޅަނދުފަހަރު ދުއްވުމުގައި އިންގިލާބީ ބަދަލެއް ގެނުވާނެ ފަދަ ޒަމާނީ ސްޓިއަރިން ސޮލިއުޝަންތަކެއް ތައާރަފުކޮށްފައެވެ. މިއީ ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާއަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެކެވެ.
މި ސިސްޓަމްތަކުގެ ސަބަބުން އުޅަނދު ކޮންޓްރޯލްކުރުމުގައި ފަސޭހަކަމާއި ލުއިކަން ލިބިގެންދިއުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެ، އުޅަނދު ދުއްވާ ފަރާތްތަކަށް ފުރިހަމަ އިތުބާރާއި ޔަގީންކަން ލިބިގެންދާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
މިއީ ރާއްޖޭގެ މާހައުލާއި ކަނޑުތަކާ ގުޅޭ އިތުބާރު ހުރި، ފެންވަރު ރަނގަޅު އަދި އަގުހެޔޮ ކަނޑުދަތުރުފަތުރުގެ ހައްލުތައް ފޯރުކޮށްދިނުމަށް އެމްޓީސީސީ އިން ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެކެވެ. މި އާ ސިސްޓަމާއެކު އުޅަނދުފަހަރުގެ ހިންގުން އިތުރަށް ހަރުދަނާވެގެންދާނެއެވެ.

