ޗައިނާގެ ހޮންގްކޮންގްގެ ގްރޭޓާ ބޭ އެއާލައިންސް އިން ރާއްޖެއަށް ޗާޓަރު ދަތުރުތައް ފަށައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ފުރަތަމަ މަތިންދާ ބޯޓު އިއްޔެ ޖެއްސުމާއެކު ވޯޓާ ސެލިއުޓެއް ވަނީ އަރުވައިފައެވެ. އަދި އެ ބޯޓުން ރާއްޖެ އައި 174 ފަތުރުވެރިންނާއި ކްރޫންނަށް ރަތް ފިނިފެންމަލުގެ މަރުހަބާއެއް ވަނީ ކިޔައިފައެވެ.
ގްރޭޓާ ބޭ އެއާލައިންސްގެ ޗާޓަރު ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހޮންގްކޮންގް އިން ސީދާ މާލެއަށް،، ކޮންމެ ދުވަހަކު އެއް ދަތުރެވެ. މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޮއިންގް 737 މެކްސްގެ ފްލައިޓެކެވެ.
ހޮންކޮންގާއި ރާއްޖެއާ ދެމެދު މި އެއާލަައިނުން ސީދާ ދަތުރުތައް ކުރާއިރު، މި ދަތުރަށް ގާތްގަނޑަކަށް އަށް ގަޑިއިރު ހޭދަވާނެއެވެ.
ގްރޭޓާ ބޭ އެއާލައިންސްއަކީ ހޮންގްކޮންގް އިން ސީދާ މާލެއަށް ދަތުރުތައް ފެށި މިއީ ދެވަނަ އެއާލައިނެވެ.

