ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން 32 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު ހަމަވީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމުގެ މަރުޙަލާއާ ހަމައަށެވެ.
ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިލީ 31 ކެންޑިޑޭޓުންނާއި، ކައުންސިލް އިންތިޚާބަށް ކުރިމަތިލީ އެންމެ ކެންޑިޑޭޓެކެވެ. މީގެ ސަބަބުން އިންތިޚާބުގައި ވާދަކުރާ ޖުމްލަ ކެންޑިޑޭޓުންގެ އަދަދު 2,994 އިން 2,962 އަށް ވަނީ މަދުވެފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވި ގޮތުގައި ނަން ތަރުތީބުކޮށްފައިވާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް އަންނަ ހޮނިހިރު ދުވަހު ރަސްމީކޮށް އިޢުލާނު ކުރާނެއެވެ. އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 މެންބަރުން އަދި ސިޓީ ކައުންސިލްތަކަށް 52 މެންބަރުން އިންތިޚާބު ކުރާނެއެވެ.
މި އިންތިޚާބުގައި އަންހެނުންގެ ކޮމިޓީތަކަށްވެސް ކައުންސިލްތަކާ އެއް އަދަދަކަށް މެންބަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާއިރު، ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައެވެ.