އީސީން މިއަދު ވަނީ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް މުއްދަތު ހަމަވިއިރު، އިންތިހާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލާފައިވާ ދާއިރާތަކާއި، ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ގުރުއަތުލުން އޮންނަ ތަނުގައި ނަންތައް އިއުލާނުކުރުމުގެ ކުރިން ނަންއަނބުރާ ގެންދިޔުމާ ގުޅިގެން، ގޮނޑިތަކަށް އިންތިހާބުވި ބޭފުޅުންގެ ނަންތައް އާއްމުކޮށްފައެވެ.
މީގެ ތެރެއިން ޕީއެންސީއަށް ކައުންސިލްގެ 28 ގޮނޑިއެއް ކަށަވަރުވިއިރު، އޭގެ ތެރޭގައި ބައެއް ރަށްރަށުގެ ކައުންސިލް ރައީސްގެ ގޮނޑިވެސް ހިމެނެއެވެ. އެމްޑީޕީ އާއި އަދާލަތު ޕާޓީއަށް ކަށަވަރުވީ އެންމެ ކައުންސިލް ގޮނޑިއެކެވެ. އަދި އަމިއްލަ ގޮތުން ވާދަކުރަން ފޯމް ހުށަހެޅި ތިން ކެންޑިޑޭޓަކު ވަނީ ކައުންސިލް ގޮނޑި ކަށަވަރުކޮށްފައެވެ.
ކައުންސިލްގެ ގޮނޑި ކަށަވަރު ކުރި ޕީއެންސީ މެންބަރުން
- ހއ. ތުރާކުނު ކައުންސިލްގެ މެންބަރު: އިސްމާޢީލް ޝާފިއު
- ހއ. އުތީމު ކައުންސިލްގެ ރައީސް: އަބްދުﷲ ރަޝީދު
- ހއ. އުތީމު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި: އަޒީމާ އަބްދުއްސަމަދު
- ހއ. ބާރަށް ކައުންސިލްގެ ރައީސް: އަލީ ޝަމީމް
- ރ. ފައިނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި: އާމިނަތު ސިޒްނާ
- ރ. ކިނޮޅަސް ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި: މައުރޫފާ މޫސާ
- ބ. ދޮންފަން ކައުންސިލްގެ މެންބަރު: އަބްދުﷲ އަހްސަން
- ބ. އޭދަފުށި ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި: ނާޒްނީނާ ޔޫސުފް،
- ބ. އޭދަފުށި ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި: ޒީމާ އިބްރާހީމް
- ކ. ގުޅި ކައުންސިލްގެ މެންބަރު: އަލީ ރަޝީދު
- އއ. ހިމަންދޫ ކައުންސިލްގެ ރައީސް: މުހައްމަދު އަކްރަމް އަހްމަދު
- އއ. ހިމަންދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި: އާމިނަތު ސަރާ މުހައްމަދު އަޒީޒް
- އދ. ކުނބުރުދޫ ކައުންސިލްގެ ރައީސް: މުހައްމަދު އަޒުމީ
- އދ. ކުނބުރުދޫ ކައުންސިލްގެ މެންބަރު: އިބްރާހީމް ނަހްޝަލް
- އދ. މަންދޫ ކައުންސިލްގެ ރައީސް: މުހައްމަދު ސައީދު
- އދ. ދިއްދޫ ކައުންސިލްގެ ރައީސް: އަނީސް މުހައްމަދު
- އދ. ދިއްދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި: އުއްމުހާނީ ހުސައިން
- ވ. ފުލިދޫ ކައުންސިލްގެ މެންބަރު: ހުސައިން ޝަބީން
- ވ. ފެލިދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި: އާމިނަތު ސުނީޒާ
- ވ. ފެލިދޫ ކައުންސިލްގެ މެންބަރު: މޫސާ ޔާމީން
- މ. ރަތްމަންދޫ ކައުންސިލްގެ މެންބަރު: ހުސައިން ހަލީލު
- ތ. ވިލުފުށި ކައުންސިލްގެ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑި: އާމިނަތު މަލްދާ
- ތ. ވިލުފުށި ކައުންސިލްގެ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑި: ހައްވާ ޝުރުފާ
- ތ. ވިލުފުށި ކައުންސިލްގެ މެންބަރު: އަބްދުﷲ ސިރްހާން
- ތ. ވިލުފުށި ކައުންސިލްގެ މެންބަރު: އަބްދުﷲ ޝަހާއު
- ލ. މުންޑޫ ކައުންސިލްގެ ރައީސް: އާދަމް ނާސިފު
- ލ. މުންޑޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި: ފާތިމަތު ސާޖިދާ
ލ. މުންޑޫ ކައުންސިލްގެ މެންބަރު: އަލީ ޝަފީއު
ކައުންސިލްގެ ގޮނޑި ކަށަވަރު ކުރި އެމްޑީޕީ މެންބަރު - އއ. ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް: ޝުޖާއު އާދަމް
ކައުންސިލްގެ ގޮނޑި ކަށަވަރު ކުރި އަދާލަތު ޕާޓީގެ މެންބަރު - ރ. ކިނޮޅަސް ކައުންސިލްގެ މެންބަރު: ހަސަން ޝުއައިބު
ކައުންސިލްގެ ގޮނޑި ކަށަވަރު ކުރި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުން
- ށ. މަރޮށި ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި: ނުހާ އަލީ ޒާހިރު
- އދ. ހަންޏާމީދޫ ކައުންސިލްގެ މެންބަރު: މުހައްމަދު ޔާސިރު
- ލ. ކަލައިދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި: އާމިނަތު ނަދީފާ
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ބަލާއިރު، 42 ގޮނޑިއެއް ޕީއެންސީން ވަނީ ކަށަވަރުކޮށްފައެވެ.
އެމްޑީޕީއަށް ފަސް ގޮނޑި ކަށަވަރު ކުރެވުނުއިރު، އަދާލަތު ޕާޓީއަށް ކަށަވަރުވީ އެންމެ ގޮނޑިއެކެވެ. އަދި އަމިއްލަ ގޮތުން ވާދަކުރަން ފޯމް ހުށަހެޅި ދެ ކެންޑިޑޭޓަކު ވަނީ އަންހެންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ގޮނޑި ކަށަވަރުކޮށްފައެވެ.

