ހުޅުމާލޭގައި ޕިކަޕެއްގެ ދަށުވެގެން ދިވެއްސަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ، ހުޅުމާލެ ސަހަރާ ކައިރީގައި އޮތް ޕިކަޕެއްގެ މަސައްކަތް ކުރުމަށް އެ ޕިކަޕް ދަށުގައި އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ 15 ފެބްރުއަރީ 2026 ވީ ދުވަހުގެ ހެނދުނު 11:05 ހާއިރު ކަމަށެވެ.
މި ހާދިސާގައި އަނިޔާވި މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާގައި މަރު ވެފައިވަނީ 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

