ބޭނުންވާ ތަކެތި؛
އަލުވި ބޯޅަ ތައްޔާރު ކުރުމަށް:
- 2 މެދު ސައިޒުގެ އަލުވި (ގާނާފައި)
- 1/2 ފިޔާ
- 2 މިރުސް
- 1 ސަމުސާ ކުދިކޮށް ކޮށާފައި ހުރި ޕާސްލީ
- 1/2 ސައިސަމުސާ ލޮނުމެދު ފުށް ނުވަތަ 3 ލޮނުމެދު ޗަސްކޮށްފައި
- 1/2 ސައިސަމުސާ އިނގުރު ފުށް ނުވަތަ އިންޗިއެއްހާ އިނގުރުކޮޅެއް ޗަސްކޮށްފައި
- 1/2 ސައިސަމުސާ މިރުސް ފުށް
- 1/2 ސައިސަމުސާ ދިރި ފުށް
- 1/2 ސައިސަމުސާ ކޮރިއަންޑަރ ފުށް (ކޮތަނބިރި ފުށް)
- 1/4 ތަށި ބޭސަން ފުށް
- 1/4 ސައިސަމުސާ ބޭކިން ސޯޑާ
މަންޗޫރިއަން ސޯސް ތައްޔާރު ކުރުމަށް:
- 1 ސައިސަމުސާ ސޯޔާ ސޯސް
- 1 ސޫޕްސަމުސާ ޗިލީ ސޯސް
- 2 ސޫޕްސަމުސާ ޓޮމާޓޯ ސޯސް
- އަސޭމިރުސް (ރަހަލާވަރަށް)
- 1/2 ސައިސަމުސާ ހަކުރު
- 2 ސައިސަމުސާ ކޯން ފުށް
- 1 ތަށި ފެން
- 2 ސޫޕްސަމުސާ ތެޔޮ
- 1 ސައިސަމުސާ ލޮނުމެދު
- 2 ސޫޕްސަމުސާ ފިޔާ
- 2 ސޫޕްސަމުސާ ކެރެޓް
- 2 ސޫޕްސަމުސާ ކެޕްސިކަމް
ތައްޔާރު ކުރާނެ ގޮތް؛
އަލުވި ގާނާފައި، ފެން އަޅައި ދޮވެލުމަށްފަހު، ފުރާނައި ފެން ހިއްކާލާށެވެ، އަދި ތަށްޓަކަށް އެޅުމަށްފަހު، އެއަށް ފިޔާ، މިރުސް، ކުދިކޮށް ކޮށާފައި ހުރި ޕާސްލީ، ލޮނުމެދު ފުށް ނުވަތަ ޗަސްކޮށްފައި ހުރި ލޮނުމެދު، އިނގުރު ފުށް ނުވަތަ ޗަސްކޮށްފައި ހުރި އިންޗިއެއްހާ އިނގުރުކޮޅެއް، މިރުސް ފުށް، ދިރި ފުށް، ކޮރިއަންޑަރ ފުށް (ކޮތަނބިރި ފުށް)، ބޭސަން ފުށް އަދި ބޭކިން ސޮޑާ އަޅައިގެން ރަނގަޅަށް އެއްކޮށް މޮޑެލާށެވެ، ހުރިހާ އެއްޗެއް އެކުވެ ރަހަ ރަނގަޅަށް އެކުވުމުން، މުށަށް ނެގޭވަރު އެތިކޮޅެއް ނަގައި ވަށްކޮށް އެއްވަރުކޮށް ގުޅައެެއް ގޮތަށް، ހަދާށެވެ. ފަހަރަކު އަލުވި ގުޅައެއް ހަދަމުން ގޮސް އަލުވިމިކްސް ހުސްވަންދެން ގުޅަ ހަދައި ތަށްޓެއްގެ ތެރޭ އަތުރާލާފައި ބަހައްޓާށެވެ.
އަދި ދެން ތެއްޔަކަށް ތެޔޮ އެޅުމަށްފަހު މަޑުގިނީގައި ބަހައްޓައިގެން ހުރިހާ އަލުވިގުޅަތަކެއް ތެލުލައި، ރަތްކުލަ އަރަންދެން ތެލުލުމަށްފަހު ތެޔޮ ހިނދޭ ކަހަލަ އެއްޗަަކަށް ނަގާފައި ބަހައްޓާށެވެ.
މަންޗޫރިއަން ސޯސްގަނޑު ތައްޔާރުކުރުމަށް ތަށްޓަކަށް ސޯއިސޯސް އެޅުމަށްފަހު އެއަށް ޗިލީ ސޯސް، ޓޮމާޓޯ ސޯސް، އަސޭމިރުސް ފުށްކޮޅަކާއި 1/4 ސަމުސާ ވަރުގެ ކުޑަ ހަކުރުކޮޅެއް، ޒުވާރި ފުށް އަދި ފެން އަޅައި ސަމުސަލަކުން ރަނގަޅަށް އެއްކޮށްލާށެވެ.
އަދި ތެއްޔަކަށް ތެޔޮފޮދެއް އަޅައި ފިޔާ އަދި ލޮނުމެދު އަޅައި ރަތް ވަންދެން ތެލުލާށެވެ. އަދި ތައްޔާރުކުރި ސޯސް އަަޅާށެވެ. ބޮޑެތިކޮށް ކޮށާފައި ހުރި ފިޔާ، ކެރެޓް، ކެޕްސިކަމް، އަޅައި ރަނގަޅަށް މަޑުގިނީގައި 2 މިނެޓެއްހާއިރު ކެއްކުމަށްފަހު، އަލުވި ބޯޅަތައް މަޑުމަޑުން އަޅާށެވެ، އަދި ދޭފަތުން ހަލުވަމުން މަޑުގިނީގައި 3 މިނެޓެއްހާއިރު ކައްކާށެވެ. އަދި މައްޗަށް ސެސަމީ ސީޑް ކޮޅެއް ވިއްސާލާށެވެ..
މިހާރު އެހެރީ ދަ ޕޮޓޭޓޯ މަންޗޫރިއަން ތައްޔާރު ކުރެވިފައެވެ. ބަތް ނުވަތަ ރޮށި ނުވަތަ ޕާން، ބަނަސް ވެސް މިއާއެކު ބޭނުން ކުރެވޭނެއެވެ.
މިއީ ރޯދަވީއްލާ ގަޑިއަށް ނުވަތަ ތަރާވީސް ދަމަށްވެސް ކަމުދާނެ ކެއުމެއްކަން ޔަގީނެވެ.

