މި އަހަރުގެ ރަމަޟާން މަހު މޯލްޑިވްސް އިމިގްރޭޝަނުން މާލެއާއި އަތޮޅުތަކުގެ އޮފީސްތަކުން ޚިދުމަތް ދޭނެ ގަޑިތައް އެ އިދާރާއިން މިއަދު އާންމުކޮށްފިއެވެ. އިމިގްރޭޝަނުން ބުނީ ގޮތުގައި އާންމު ދުވަސްތަކެކޭ އެއްފަދައިން ރަމަޟާން މަހުގެ ކޮންމެ ވަގުތެއްގައިވެސް "އިމުގާ" ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެއެވެ.
ޕާސްޕޯޓާ ހަވާލުވުމަށް މާލެ ސަރަހައްދުގައި ނަންބަރު ދޫކުރާނީ
- އާދީއްތަ ދުވަހުން ބުރާސްފަތި ދުވަހަށް ހެނދުނު 09:15 އިން މެންދުރު 13:00 އަށެވެ.
- ހުކުރު ދުވަސްތަކުގައި ހެނދުނު 09:15 އިން 11:00 އަށް
ރަށްރަށުގައި ހުންނަ އިމިގްރޭޝަން އޮފީސްތަކުން ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 09:15 އިން މެންދުރު 12:00 އަށެވެ.
ވިސާގެ ޚިދުމަތްތަކަށް ބަލާއިރު، އީ-ވިސާއަށް އެދި 24 ގަޑިއިރު ހުށަހެޅޭނެއެވެ. ނަމަވެސް ސްޓަރ ކްލައުޑްސް ބިލްޑިންގުގެ 8 ވަނަ ފަންގިފިލާއިން ވިސާގެ ޚިދުމަތް ލިބޭނީ
- ހެނދުނު 09:00 އިން މެންދުރު 13:00
މީގެ އިތުރުން، އެންފޯސްމަންޓު އެންޑް ކޮމްޕްލަޔަންސް ޑިވިޜަނުން ފޯރުކޯށްދޭ ރިޕެޓްރިއޭޝަންގެ ޚިދުމަތްތައް ލިބޭނީ
- ހެނދުނު 09:00 އިން މެންދުރުފަހު 14:00 އަށް
ސީޕޯޓުގެ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ތަފާތު ދަންފަޅިތަކަކަށް ބަހާލައިގެންނެވެ.
އެގޮތުން ހުކުރު ދުވަސް ނޫން އެހެން ދުވަސްތަކުގައި؛
- ފަތިހު 05:20 އިން މެންދުރު 12:00 އަށް،
- މެންދުރުފަހު 13:00 އިން ހަވީރު 17:30 އަށް،
- ރޭގަނޑު 20:00 އިން ފަތިހު 04:00 އަށް
ހުކުރު ދުވަހު ސީޕޯޓުގެ ޚިދުމަތް ދޭނީ
- ފަތިހު 05:30 އިން 08:00 އަށް،
- މެންދުރުފަހު 14:30 އިން 17:30 އަށް
- ރޭގަނޑު 20:00 އިން ފަތިހު 04:00 އަށް
ކުޅުދުއްފުށި، އުލިގަން އަދި ހިތަދޫ ސީޕޯޓު އޮފީސްތައް ހުޅުވިފައި ހުންނާނީ ހެނދުނު 09:00 އިން މެންދުރު 13:00 އަށެވެ.
އިމިގްރޭޝަނުން އިތުރަށް ބުނީ، މެޑިކަލް އިމަރޖެންސީ ހާލަތްތަކުގައި ޕާސްޕޯޓުގެ ޚިދުމަތް ބޭނުންވާ ފަރާތްތަކުން އެ އިދާރާގެ ހޮޓްލައިން ނަންބަރު 9555333 އަށް ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.

