ބޭނުންވާ ތަކެތި
ބޭސް (ތިރީބައި):
- 200 ގްރާމް ބިސްކޯދު
- 90 ގްރާމް ބަޓަރު
ބިސްކޯދުތައް މުގުރާލުމަށްފަހު، ދިޔާކޮށްފައިވާ ބަޓަރު އެއްކުރާށެވެ. ދެން ޓްރޭއަށް އަޅާ ފަތުރާލުމަށްފަހު، ފިލިންގް ތައްޔާރުވަންދެން ފިނިތަނެއްގައި ބަހައްޓާށެވެ.
ޕިސްޓާޗިއޯ ފަށަލަ:
- މުށް ފުރޭވަރުގެ އެންޖެލް ހެއާރ ޕާސްތާ ނުވަތަ ކަޕެލީނީ
- 2 ސަމުސާ ޕިސްޓާޗިއޯ ޕޭސްޓް
- 1 ސަމުސާ ސެސަމީ ޕޭސްޓް
ތައްޔާރު ކުރާނެ ގޮތް؛
ކުޑަ ބަޓަރުކޮޅަކާއެކު ތަވައެއްގައި ކަޕެލީނީ ކޮޅު މުށިކުލަ އަރަންދެން ފިހެލާށެވެ. ދެން ޕިސްޓާޗިއޯ ޕޭސްޓާއި ސެސަމީ ޕޭސްޓް އެއްކުރުމަށްފަހު، ކުރިން ތައްޔާރުކުރި ބިސްކޯދު ބޭސްގެ މަތީގައި ފަތުރާލާށެވެ.
- ކްރީމް: 300 ގްރާމް ކްރީމް ޗީޒް (ރޫމް ޓެމްޕަރޭޗަރގައި ހުރި)
- 25 ގްރާމް ހަކުރު
- 150 ގްރާމް ފިނިކޮށްފައި ހުރި ވިޕްޑް ކްރީމް
ގާނިޝް:
- 100 ގްރާމް ޗޮކްލެޓް
- 100 ގްރާމް ކްރީމް
ތައްޔާރުކުރާނެ ގޮތް: ޗީޒްކޮޅާއި ހަކުރު އެއްކޮށްލުމަށްފަހު، ފިނިކޮށްފައި ހުރި ވިޕްޑް ކްރީމް އޭގެ ތެރެއަށް އަޅާ އެއްކޮށްލާށެވެ. ދެން ޕިސްޓާޗިއޯ ފަށަލައިގެ މަތީގައި މި މިކްސްޗަރ ފަތުރާލާށެވެ. ޓްރޭއިން ނެގުމުގެ ކުރިން މަދުވެގެން 4 ގަޑިއިރު ފްރިޖްގައި ބަހައްޓާށެވެ. ގާނިޝް ކޮށްލުމަށް ކްރީމްކޮޅު ކައްކާލުމަށްފަހު ޗޮކްލެޓްގެ މައްޗަށް އަޅާލާށެވެ. ދެން މި ކޭކުގެ މައްޗަށް އަޅާލާށެވެ.

