.
ތުރުކީގައި މަޝްހޫރު ނާސްތާ އެކެވެ، ތުރުކީ ގައި މިނާސްތާއަށް ކިޔަނީ މެނެމެން އެވެ. މިއީ ސިއްހަތަށް ވަރަށް ވެސް ފައިދާ ހުރި އެހާމެ ރަހަވެސް މީރު އަދި އަވަހަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ނާސްތާއެކެވެ. ހުހަށްވެސް ކާލެވޭ، އަދި ބަތާއި ރޮށްޓާއި ބަނަސް ނުވަތަ ޕާނާއެކުވެސް ބޭނުންކޮށްލެވޭ މީރު ނާސްތާއެކެވެ. ރޯދަމަސް ކަހަލަ ގިނަ ވަގުތު ހުސްބަނޑާ ހުރުމަށްފަހު ކެއުމަށް ބޭނުންކޮށްލަން މިއީ ހަމަ އެއްވަނައިގެ ނާސްތާއެކެވެ.
ވެޖެޓަބަލް އޮމްލެެޓް / ތަރުކާރީ ބިސްގަނޑު
ބޭނުންވާ ތަކެތި:
- 1 އަލުވި
- 1 ޕެކެޓް ފަންގަސް (މަޝްރޫމް)
- 1 ރަތް ކެޕްސިކަމް
- 2 ފެހި ކެޕްސިކަމް
- 2 ބިސް
- 1 ބޯތަށި ގާނާފައި ހުރި ޗެޑަރ ޗީޒް
- ލޮނު
- އަސޭމިރުސް
- މުގުރި މިރުސް
- ދިރި
- ތައިމް (Thyme)
ތައްޔާރު ކުރާނެ ގޮތް:
އަލުވި ކުދިކޮށް، ކޮށުމަށްފަހު ތަވައެއްގައި ތެލުލާށެވެ. އޭގެ ތެރެއަށް ކޮށާފައި ހުރި މަޝްރޫމްތައް އަޅައި، އޭގެއިން ފެން ނުކުމެ ހިކެންދެން ކައްކާށެވެ.
ދެން، ކެޕްސިކަމްތައް އަޅައި މަޑުވަންދެން ކައްކާށެވެ. ލޮނު، އަސޭމިރުސް، މުގުރި މިރުސް، ދިރި އަދި ތައިމީ އެޅުމަށްފަހު އެއްކޮށްލާށެވެ.
ތަވައިގެ ތެރެއަށް (ތަށްޓަކަށް އަޅައި އެއްކޮށްގިރާފައި ހުރި) ބިސް އަޅައި، ކުޑަކޮށް ފަތުރާލާށެވެ. މައްޗަށް ގާނާފައި ހުރި ޗީޒްކޮޅު ބުރުވާލާށެވެ.
ތަވާގެ މަތިޖަހައި، މަޑު ގިނީގައި ޗީޒްކޮޅު ވިރެންދެން ކައްކާށެވެ.

