ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން މާފަންނު އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަގަހަ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިރޭ ހުޅުވައިދެއްވައިފިއެވެ.
މާފަންނު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި މި ޚާއްސަ ރަސްމިއްޔާތަށްފަހު ބޭއްވި ޖަލްސާގައި، އެ ދާއިރާގެ ސިޓީ ކައުންސިލް ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ދެ ކެންޑިޑޭޓުން ވަނީ ޖަގަހަ ހުޅުވައިދެއްވައި، ކެމްޕެއިންގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވި ކަމަށްޓަކައި ފަސްޓްލޭޑީ ސާޖިދާ މުޙައްމަދަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރާއި، އިޤްތިސާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ކޮންގްރެސްގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ވަޒީރުންގެ ވާހަކަފުޅުގައި ވިދާޅުވީ، ވާދަވެރި ފަރާތްތަކުގެ އެއްވެސް އެޖެންޑާއެއް ނުވަތަ އިޚްލާސްތެރި ނިޔަތެއް ނެތް ކަމަށެވެ. ނަމަވެސް ކޮންގްރެސްގެ ކެންޑިޑޭޓުން ނުކުމެ ތިބީ ހަޤީޤީ ތަސައްވުރަކާއިގެން ކަން އެ ބޭފުޅުން ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރު ހަޤީޤަތަކަށް ހެދުމަށްޓަކައި ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލްތަކެއް އޮތުމުގެ މުހިންމުކަން ދެ ވަޒީރުންވެސް ފާހަގަކުރެއްވިއެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވަނީ ކޮންގްރެސް ޕާޓީގެ ފަރާތުންނެވެ. އެ ޕާޓީން މިހާރު ދަނީ މުޅި ރާއްޖޭގައި، އަދި ވަކިން ޚާއްސަކޮށް މާލެ ސިޓީގައި ވަރަ

