ސުވާލު:އަންހެނުން ނޭފަތް ތޮރުފާ ނޭފަތުގައި ގަހަނާ ލުމަކީ ކޮންކަހަލަ ކަމެއް ތޯއެވެ؟
ޖަވާބު:
އިސްލާމްދީނުގައި އަންހެނުން ޒީނަތްތެރިކަމުގެ ގޮތުން ނޭފަތްތޮރުފުމުކީ ހުއްދަކަމެކެވެ. ނަމަވެސް ހީލޭފިރިހެނުންނަށް ޒީނަތްތެރިކަން ފާޅުކުރުމުގެ ގޮތުން ހުއްދަނުވާނެއެވެ. ނޭފަތްތޮރުފުމީ ކަންފަތްތޮރުފުމާއި އެއްފަދަ ކަމެކެވެ. ޒީނަތްތެރިކަމުގެ މިފަދަ ކަންތައްތައް ބިނާވެގެންވެނީ އެބައެއްގެ އާދަކާދައަށެވެ.
އަންހެނުން ޒީނަތްތެރިކަމުގެ ގޮތުން ކަންފަތުގައި ލާމުދި ނުވަތަ ނޭފަތުގައި ލާމުދި ވުޟޫކުރާއިރު ނުވަތަ ޝަރުޢީ ހިނެއުމަކުން ހިނައިގަންނައިރު ނެގެމަކީ ވާޖިބެއްނޫނެވެ. އެހެނެއްކަމަކު ނޭފަތް ނުވަތަ ކަންފަތުގެ ބޭރުފުށު ދޮވުމުން ފުދޭނެވެ. އެއީ މިދަންނަވާ ސަބަބުތަކަށް ބިނާކޮށެވެ.
- ވުޟޫކުރާއިރު ނުވަތަ ހިނައިގަންނައިރު ވާޖިބުވެގެންވަނީ ނޭފަތުގެ ބޭރުފުށު ދޮންނާށެވެ. ނޭފަތުގެ އެތެރެ(ނޭފަތުގައި ތޮރުފާފައި ހުންނަށް ތަނާއި އަދި މުދިލާތަން) ދޮވުމަކީ ވާޖިބެއް ނޫނެވެ. އެހެންނަމަވެސް ވާޖިބުވެގެންވަނީ ނޭފަތަށް ފެންލުމެވެ. އެހެންކަމުން ނޭފަތުގެމުދި ނުނެގިޔަސް އަދި ޙަރަކާތްނުކުރިޔަސް ނޭފަތަށް ފެންލުން ޙާސިލްވެވޭހުއްޓެވެ.
- ވުޟޫކުރާއިރު ކަންފަތުގައި ފެންލުން ވާޖިބުވެގެނެއް ނުވެއެވެ. އެހެންނަމަވެސް މުސްތަޙައްބުވެގެންވަނީ ކަންފަތުގައި ފެންފުހުމެވެ. ކަންފަތުގައި ފެންފޮހޭއިރު މުސްތަހައްބުވެގެންވަނީ ދެއަތުގެ ޝަހާދަތް އިނގިލިން ދެކަންފަތުގެ އެތެރެފުށުގައި އަދި ދެއަތުގެ ބޮޑުވައި އިނގިލިން ދެކަންފަތުގެ ބޭރުފުށު ފެންފުހުމެވެ. އެހެންކަމުން ކަންފަތުމުދި ނުނެގިޔަސް އަދި ޙަރަކާތްނުކުރިޔަސް ކަންފަތުގައި ފެންފުހުން ޙާސިލްވެވޭހުއްޓެވެ. ފަރުޟު ހިނެއުމުގައި ކަންފަތްވެސް އެހެން ގުނަންތައް ދޮންނަފަދައިން ދޮންނާނީއެވެ. والله أعلم
(ދިއިސްލާމް ޑެއިލީ ގެ ލިޔުމެއްގެ ނަކަލެއް)

