ބޭނުންވާ ތަކެތި:
- 2 ކައްކާފައިވާ ބިސް (ކުދިކޮށް ކޮށާފައި)
- 2 ކައްކާފައިވާ އަލުވި (ޗަސްކޮށްފައި)
- 2 ސައިސަމުސާ ފިޔާ (ހިމުންކޮށް ކޮށާފައި)
- 2 މިރުސް (ކޮށާފައި)
- ½ ސައިސަމުސާ މުގުރި ހިކިމިރުސް
- ½ ސައިސަމުސާ ހަވާދު، (ބޭނުން ރަހައެއް ލެއްވުމަށް ބޭނުން ވައްތަރެއްގެ)
- ½ ސައިސަމުސާ ދިރި
- ½ ސައިސަމުސާ މިރުސް ފުށް
- ½ ސައިސަމުސާ ލޮނު
- ½ ސައިސަމުސާ ގަރަމް މަސާލާ
- ¼ ސައިސަމުސާ ރީނދޫ ފުށް
- 1 ސައިސަމުސާ ކޮރިއަންޑާ ފަތް (ކޮށާފައި)
- 2 ސައިސަމުސާ ފާރޮށި ކުނޑި
ބޭރުގައި ހޭކުމަށާއި ތެލުލުމަށް:
- 1 ބިސް (ގިރާފައި)
- ފާރޮށި ކުނޑި
- ތެލުލުމަށް ބޭނުންވާ ތެޔޮ
ތައްޔާރު ކުރާނެ ގޮތް؛
ޗަސްކޮށްފައިވާ އަލުވި، މަސާލާ، ފިޔާ، ފާރޮށި ކުނޑި އަދި ކޮރިއަންޑާ ފަތް އެއްކޮށްލާށެވެ. އަތުގައި ތެޔޮ ކޮޅެއް ހާކާލުމަށްފަހު، އެއްކުރި ސާމާނުން ކޮޅެއް ނަގާށެވެ. އޭގެ މެދުގައި ކޮށާފައިވާ ބިސްކޮޅެއް ބޭއްވުމަށްފަހު، ބިސްކޮޅު އެއްކޮށް ނިވާވާނޭހެން ބަންދުކޮށްލާށެވެ. އަދި ބިހެއްގެ ސިފައަށް ވާނެހެން ނުވަތަ ގުޅައެއް ގޮތަށް ވަށްކޮށްލާށެވެ.
ގިރާފައިވާ ބިހުގެ ތެރެއަށް ލުމަށްފަހު، ފާރޮށި ކުނޑި ހާކާލާށެވެ.
ތެލަށް އެޅުމަށްފަހު މަޑުގިނީގައި އުނދުން ބަހައްޓައިގެން މުށިކުލަ އަރަންދެން ތެލުލާށެވެ.
މި މީރު "އެގް ޕޮޓޭޓޯ ބޯލްސް" ތިޔަބޭފުޅުން އެންމެ ގަޔާވާ ސޯސް އަކާއެކު އިންސާފުކުރައްވާށެވެ.

