މާލެއިން ގެއްލިގެން ހޯދަމުންދިޔަ އިބްރާހިމް އިމްތިޔާޒް އަލީ މިރޭގެ ވަގުތެއްގައި އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެއެވެ. އުމުރުން 30 އަހަރުގެ އިމްތިޔާޒް ފުލުހަށް ހާޒިރުވިއިރު އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
އިމްތިޔާޒް ގެއްލިގެން ހޯދަމުންދާކަން ފުލުހުން އާންމުކޮށް އިއުލާނު ކުރީ އިއްޔެއެވެ. ފުލުހުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، އޭނާ އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 12:00 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގޭގައި އުޅެނިކޮށެވެ.
އާއިލާއިން ފުލުހުންނަށް މި މައްސަލަ ރިޕޯޓްކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ހަވީރު 17:15 އެހައިކަންހާއިރުއެވެ. އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި، 13 ވަނަ ދުވަހު ގެއިން ބޭރަށް ދިޔަ ފަހުން އޭނާގެ އެއްވެސް ހަބަރެއް ވެފައެއް ނުވެއެވެ.
މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުންގެ ކަމާ ގުޅުންހުރި ހުރިހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފުޅާދާއިރާއެއްގައި ކޮށްފައެވެ. ފުލުހުން ރޭ ބުނީ، ގެއްލިގެން ހޯދަމުންދިޔަ އިމްތިޔާޒް މިރޭގެ ވަގުތެއްގައި ފުލުހުންގެ އިދާރާއަށް ހާޒިރުވެފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

