ދިވެހިރާއްޖޭގެ އިޤްތިޞާދީ މައިގަނޑު ތިން ދާއިރާއެއް ކަމަށްވާ ފަތުރުވެރިކަން، އިމާރާތްކުރުން، އަދި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ އެޑްވައިޒަރީ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ހުޅުވާލައިފިއެވެ. މި ކޮމިޓީތަކުގެ މައިގަނޑު މަޤްޞަދަކީ މި ސިނާއަތްތައް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މި ކޮމިޓީތަކަށް މެންބަރުން ހޮވުމަށް ހަމަޖެހިފައިވަނީ އެކި ދާއިރާތަކުންނެވެ. އެގޮތުން ޓޫރިޒަމް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީއަށް 14 މެންބަރުން، ކޮންސްޓްރަކްޝަން ސެކްޓަރ އެޑްވައިޒަރީ ކޮމިޓީއަށް 13 މެންބަރުން، އަދި ފިޝަރީޒް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީއަށް 11 މެންބަރުން ހޮވުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި އެ ދާއިރާތަކުގެ ޢިލްމީ އަދި ފަންނީ ތަޖުރިބާކާރުންނާއި، އަމިއްލަ ކުންފުނިތަކާއި، މަދަނީ ޖަމުޢިއްޔާތަކުގެ އިތުރުން ސިނާއަތްތަކުގައި ޢަމަލީ ގޮތުން މަސައްކަތްކުރާ ފަރާތްތައް ހިމެނެއެވެ.
ކޮންސްޓްރަކްޝަން ދާއިރާގެ އެޑްވައިޒަރީ ކޮމިޓީ ތަމްސީލުކުރާ ދާއިރާތަކާއި މެންބަރުންގެ އަދަދު:
• އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމުޢިއްޔާ ޖަމާއަތްތައް – 3
• ސިވިލް / ސްޓްރަކްޗްރަލް އިންޖިނިއަރިންގގެ ދާއިރާ – 1
• އާކިޓެކްޗަރގެ ދާއިރާ – 1
• ކުއެންޓިޓީ ސަރވޭއިންގގެ ދާއިރާ – 1
• ޖެނެރަލް ބިލްޑިންގ/ ޖެނެރަލް ސިވިލް ކޮންޓްރެކްޓަރުން – 1
• ހާބަރ ކޮންޓްރެކްޓަރުން – 1
• ޔޫޓިލިޓީ ކޮންޓްރެކްޓަރުން – 1
• އިމާރާތްކުރުމުގެ ދާއިރާއާގުޅޭ ތަކެތި އެތެރެކޮށް ސަޕްލައިކޮށްދިނުމުގެ މަސައްކަތްކުރާ ފަރާތްތައް – 1
• މީހުން ބިނާކުރުމުގެ ދާއިރާ (ޕޮލިޓެކްނިކް، ޔުނިވަރސިޓީ އަދި ކޮލެޖް ފަދަ ތަންތަން) – 1
• ކޮންސްޓްރަކްޝަން މެނެޖްމަންޓް / ޕްރޮޖެކްޓް މެނެޖްމަންޓުގެ ދާއިރާ – 1
• ބިލްޑިންގ ސަރވިސަސް އިންޖިނިއަރިންގގެ ދާއިރާ – 1
ޓޫރިޒަމް ދާއިރާގެ އެޑްވައިޒަރީ ކޮމިޓީ ތަމްސީލުކުރާ ދާއިރާތަކާއި މެންބަރުންގެ އަދަދު:
• ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޕްރައިވެޓް ސެކްޓަރގެ ކުންފުނިތަކުން. (ޓޫރިސްޓް ހޮޓާ / ރިސޯޓް / ގެސްޓްހައުސް އޮޕަރޭޓަރުން، ޓްރާންސްޕޯޓް އޮޕަރޭޓަރުން-އެއަރލައިން އެއަރޕޯޓްތައް، ޓްރެވަލް އެންޑް ޓުއަރ އޮޕަރޭޓަރުން، ޓްރަވެލް އެޖެންސީތައް) – 4
• ފަތުރުވެރިކަމުގެ ދާއިރާގެ ޢިލްމީ / ފަންނީ ތަޖުރިބާކާރުން. (ޓޫރިޒަމް ޑިވެލޮޕްމަންޓް / ސަސްޓެއިނަބިލިޓީ / ކަލްޗަރ އެންޑް ހެރިޓޭޖް / އިކޮނޮމިކްސް / މާކެޓިންގ / އިނޮވޭޝަންގެ ދާއިރާ) – 1
• ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި މަދަނީ ޖަމުޢިއްޔާ ޖަމާއަތްތައް – 1
• ހޮސްޕިޓަލިޓީ އެންޑް ގެސްޓް ސަރވިސަސް – 1
• ފުޑް އެންޑް ބެވަރެޖް – 1
• ހައުސް ކީޕިންގ – 1
• ރެކްރިއޭޝަން އެންޑް އެންޓަރޓެއިންމަންޓް – 1
• މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން – 1
• ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް – 1
• ސަފާރީތަކާއި ލިވްއަބޯޑް އަދި ބެއަރބޯޓްގެ ޚިދުމަތްދޭ ފަރާތްތައް – 2
މަސްވެރިކަމުގެ ދާއިރާގެ އެޑްވައިޒަރީ ކޮމިޓީ ތަމްސީލުކުރާ ދާއިރާތަކާއި މެންބަރުންގެ އަދަދު:
• މަސްވެރިން – 2
• އޮޑިވެރިން – 2
• ކެޔޮޅުން – 2
• މަސްވެރިކަމާއި މެރިކަލްޗަރގެ ޢިލްމީ / ފަންނީ ތަޖުރިބާކާރުން – 2
• މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތަކުން. (އިންޑަސްޓްރިއަލް އޮޕަރޭޓަރުން، ޕްރޮސެސިންގ ފެސިލިޓީތައް، އެކްސްޕޯޓަރުން، އެކުއަކަލްޗަރ / މެރިކަލްޗަރ ސެކްޓަރުގައި ހަރަކާތްތެރިވާ ފަރާތްތައް) – 3
ކޮމިޓީތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މާރިޗު މަހުގެ 3 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އެވެ. ޝައުޤުވެރިވާ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހެނީ ރައީސް އޮފީހުގެ އީމެއިލް މެދުވެރިކޮށް ނުވަތަ އެ އޮފީހުގެ ރިސެޕްޝަން ކައުންޓަރަށެވެ. މީގެ އިތުރުން، ކޮމިޓީތަކަށް ކުރިމަތިލާ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށްވެސް އެ އޮފީހުން މަޢުލޫމާތު ދެއްވައެވެ.

