އެމްބިއުލާންސަށް ޖާގަ ނުދީ މުދާ ބޭލި ޕިކަޕް ޑްރައިވަރު ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައިފި

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، ކުޑަ ޕިކަޕަކުން މަގުމައްޗަށް މުދާ ބާލަމުން ދިޔައީ ސައިރަން އަޅުވައިގެން ދިޔަ އެމްބިއުލާންސް ޓްރެފިކްގައި ތާށިވެފައި އޮއްވާއެވެ. އެ ސަރަހައްދުގައި ޓްރެފިކް ބާރުބޮޑުވެފައިވަނީ ވެސް އެ ޕިކަޕުން މުދާ ބޭލި ވަގުތު، އެހެން އުޅަނދުތަކަށް ދެވޭނެ ޖާގަ ނެތުމުގެ ސަބަބުންނެވެ. އެމްބިއުލާންސްގެ ސައިރަންގެ އަޑާއެކު އެ ސަރަހައްދުގައި ތިބި އެހެން އުޅަނދުތަކުން ވެސް ވަނީ ބަރުގޮނު އަޅައި، ޕިކަޕަށް މަގު ދެއްކުމަށް ބާރުއަޅާފައެވެ. ނަމަވެސް ޕިކަޕު އެ ސަރަހައްދުން ގޮސްފައިވަނީ މުދާ ބޭލުމަށް ފަހުގައެވެ.
މި ހާދިސާއާ ގުޅިގެން، އެ ޕިކަޕްގެ ޑްރައިވަރު ފުލުހަށް ހާޒިރުކޮށް މިހާރު ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެގޮތުން އޭނާ 750 ރުފިޔާއިން ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ކުއްލި ހާލަތުގައި ދަތުރުކުރާ އެމްބިއުލާންސް ފަދަ އުޅަނދުތަކަށް ޖާގަ ދިނުމަކީ ގާނޫނީ ގޮތުން ލާޒިމްކަމެއްގެ އިތުރުން، އެއީ ފުރާނައެއް ސަލާމަތްކުރުމަށްޓަކައި ކޮންމެ މީހަކުވެސް އަދާކުރަންޖެހޭ ފަރުދީ ޒިންމާއެކެވެ
