ބޭނުންވާ ތަކެތި:
• 450 ގްރާމް ފުށް (ފުރާފައި ހުރި 3 ޖޯޑު + 5 ސައިސަމުސާ)
• 40 ގްރާމް ފުށް (2 ސައިސަމުސާ – މީގެ ބޭނުން ފަހުން)
• 10 ގްރާމް އީސްޓް
• 300 މިލިލީޓަރު ތާފަނާ ފެން (1.5 ޖޯޑު+ 2 ސައިސަމުސާ)
• 10 ގްރާމް ހަކުރު (1 ސައިސަމުސާ)
• 10 ގްރާމް ލޮނު (1 ސައިސަމުސާ)
• 20 މިލިލީޓަރު އޮލިވް އޮއިލް (2 ސައިސަމުސާ)
ސޯސް ތައްޔާރު ކުރުމަށް:
• 1.5 ޖޯޑު ޓޮމާޓޯ ސޯސް
• 3 ސައިސަމުސާ އޮލިވް އޮއިލް
• ހިކި ތައިމް (Thyme)، އަސޭ މިރުސް ކޮޅެއް، ލޮނު
މައްޗަށް އަޅަން ބޭނުންވާ ތަކެތި:
• 200 ގްރާމް މޮޒަރެއްލާ ޗީޒް (ނުވަތަ ވިރޭ ކޮންމެ ކަހަލަ ޗީޒެއް)
• ސުކުކް (ތުރުކީ ސޮސެޖް ނުލިބޭނަމަ އެހެންކަހަލަ ސޮސެޖެއް ވެސް ) ކޮށާފައި، އޮލިވްސް، ފެހި އަދި ރަތް ކެޕްސިކަމް
ތައްޔާރު ކުރާނެ ގޮތް:
ބޮޑު ތައްޓަކަށް އީސްޓް، ހަކުރު، އަދި 2 ސައިސަމުސާ ފުށް އަޅާށެވެ. އޭގެ ތެރެއަށް ތާފަނާ ފެން އެޅުމަށްފަހު ވިސްކަކުން ރަނގަޅަށް އެއްކޮށްލާށެވެ. މަތިޖަހާފައި އީސްޓްކޮޅު ބަހައްޓާށެވެ (ގާތްގަނޑަކަށް 10 މިނެޓެވެ. ފެން ހުންނަންވާނީ ތާފަނާކޮށްކަން ޔަގީންކުރާށެވެ. މާ ހޫނު ނުވަތަ މާ ފިނިވެގެން ނުވާނެއެވެ). އީސްޓްކޮޅު ތައްޔާރުވުމުން ބާކީ ހުރި ފުށާއި، ލޮނު އަދި އޮލިވް އޮއިލް އަޅާށެވެ. ފުށްގަނޑު އޮމާންވަންދެން މޮަޑޭށެވެ (ނޯޓް: ފުށުގެ ފެންވަރަށް ބަލާފައި ފުށްގަނޑުގެ މަޑުމިން ތަފާތުވެދާނެއެވެ. މާ މަޑު ނުވަތަ މާ ހަރުވެގެން ނުވާނެއެވެ). ރަނގަޅަށް މަތި ބަންދުކޮށްފައި، ފުށްގަނޑު ދެގުނަ ނުވަތަ ތިންގުނައަށް ފުފެންދެން ބަހައްޓާށެވެ.
ފުށްގަނޑު 12 އެއްވަރުގެ ގުޅައަށް ބައިކޮށްލާށެވެ. މަތިޖަހާފައި 10 މިނެޓު ބަހައްޓާށެވެ. އޭރުން ފުށްގަނޑު ދަމަން ފަސޭހަވާނެއެވެ. ކުޑަ ފުށްކޮޅެއް ބުރުއްސާލުމަށްފަހު، ކޮންމެ ބޯޅައެއް ގާތްގަނޑަކަށް 18×18 ސެންޓިމީޓަރަށް ދަމާލާށެވެ.
ގާނާފައި ހުރި މޮޒަރެއްލާ ޗީޒް (ކުދިކޮށް ގާނާފައި) ފުށްގަނޑުގެ އަރިމަތީގައި އަތުރާލުމަށްފަހު، އަރިމަތިތައް ބަންދުވާނޭހެން އޮޅާލާށެވެ. މެދުގައި ޓޮމާޓޯ ސޯސް ހާކާލާށެވެ. ވީޑިއޯގައިވާ ފަދައިން ބަންދުކުރި އަރިމަތިތަކުގައިވެސް ކުޑަކޮށް ސޯސް ހާކާލާށެވެ. އަދު ވަގުތުން އަވަނަށް ލާށެވެ.
200 ޑިގްރީ ސެލްސިއަސްގައި ރަން މުށިކުލަ އަރަންދެން ފިހެލާށެވެ.

