ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް އަމާޒުކޮށް، ތިނަދޫ ސިޓީގެ މާލެ އޭރިއާ ކެމްޕެއިން އޮފީސް މިރޭ ހުޅުވާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.
ޕީއެންސީން މައުލޫމާތު ދީފައިވާ ގޮތުގައި 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ތިނަދޫ ސިޓީގެ މާލޭ އޭރިއާ ކެންޕެއިން އޮފީސް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ 21:30 ގައެވެ. މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މ. ފުޑޯސް ރެސްޓޯރަންޓް ކުރިމަތިން މުރަނގަ މަގުގައެވެ.
މި ހަފްލާ ޝަރަފުވެރި ކޮށްދެއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު ކަމަށް ޕީއެންސީން ވަނީ ހާމަކޮށްފައެވެ.
ޕީއެންސީން ވަނީ އެ ޕާޓީގެ މެންބަރުންނާއި އެ ޕާޓީއަށް ތާއީދު ކުރާ ހުރިހާ ރައްޔިތުންނަށް މި ޖަލްސާގައި ބައިވެރިވުމަށް އާންމުކޮށް ދައުވަތު އަރުވާފައެވެ. މިއީ ކުރިއަށް އޮތް އިންތިހާބުތަކަށް ތައްޔާރުވުމުގެ ގޮތުން އެ ޕާޓީން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މުހިންމު ހަރަކާތެކެވެ.

