ސެސަމީ ސީޑްްސް އާއެކު ފަސޭހައިން ތައްޔާރުކޮށްލެވޭ ކަދުރު އަދި ބަދަން ކޮޅެއް ބޭނުންވާ، އަވަހަށް ތައްޔާރުކޮށްލެވޭ، ތެލުލައި، ކައްކަންވެސް ނުޖެހޭ އެހާމެ ސިއްހަތަށް ފައިދާވެސް ހުރި ފޮނި ކާއެއްވެއް
ބޭނުންވާ ތަކެތި:
- – 250 ގްރާމް ބަދަން
- – 250 ގްރާމް ކަދުރު
- – ހަނާކޮށްފައި ހުރި ސެސަމީސީޑް (ބޭނުންވާ މިންވަރަށް)
- – ހުދު ޗޮކްލެޓް (ބޭނުންވާ މިންވަރަށް)
ތައްޔާރު ކުރާނެ ގޮތް:
ކަދުރުގެ އޮށްތައް ނެގުމަށްފަހު، އޮމާން ޕޭސްޓަކަށް ވަންދެން މިކްސަރުން ފުނޑާލާށެވެ. ފުނޑާފައި ހުރި ބަދަނާއި ކަދުރު ޕޭސްޓް އެއްކޮށްލައިގެން ފުށްގަނޑެއް ތައްޔާރުކުރާށެވެ. މި ފުށްގަނޑު (ސިލިންޑަރެއްގެ ބައްޓަމަށް) ވަށްކޮށް ދިގަށް ދަމާލައި އެއްވަރުކޮށްލާށެވެ. ވަށްކުރި ފުށްގަނޑުގެ ބޭރުގައި ހަނާކޮށްފައި ހުރި ސިސަމީސީޑް ތަކުގެ މަތީ ބޭއްވުމަށްފަހު ވަށައިގެން ސިސަމީސީޑް ހާކާލާށެވެ.
ފުށްގަނޑުގެ މެދުގައި ދިގަށް ވާގޮތަށް (ދަނޑިކޮޅެއް ކަހަލަ އެއްޗެއް ފުށްގަނޑުގެ މެދުގައި ބާއްވައި ވަށްކޮށް ޖާގައެއް ހަދާށެވެ. އެހެދި ޖާގައިގެ ތެރެއަށް ދިޔާކޮށްފައި ހުރި ހުދު ޗޮކްލެޓް އަޅާށެވެ.
ގަނޑުވަންދެން ގާތްގަނޑަކަށް އެއް ގަޑިއިރު ވަންދެން ފްރިޖުގައި ބަހައްޓާށެވެ. އެއަށްފަހު، ކާލަން ފަސޭހަ ކުދި އެތިކޮޅުތަކަށް ކޮށާލާށެވެ.
މިއީ ސިއްހަތަށް ފައިދާހުރި، ބަނޑުފުރޭ ފަދަ، ތައްޔާރުކޮށްލަން ފަސޭހަ އަދި އެހާމެ މީރު ރެސިޕީއެކެވެ. ރޯދަ ވީއްލާ ގަޑިއަށް އަދި ތަރާވީސްގަޑިއަށްވެސް ހަމަ އެއްވަނައިގެ ފޮނި ކާއެއްޗެކެވެ.

