ދަ ކްރީމީ ކިންޑަރ ބުއެނޯ : ކިންޑަރ ބުއެނޯ އައިސްކްރީމް ރަހަދޭ މީރު ފޮނިކާއެއްޗެއް.
ކްރީމް ތައްޔާރު ކުރުމަށް:
- 4 ބިހުގެ ގޮބޮޅި،
- 10 ގްރާމް ހަކުރު،
- 500 ގްރާމް މަސްކަޕޯނީ ޗީޒް
- 80 ގްރާމް ހޭޒަލްނަޓް ކްރީމް،
- 50 ގްރާމް ދިޔާކޮށްފައި ހުރި ޗޮކްލެޓް،
- 250 ގްރާމް ވިޕްޑް ކްރީމް.
- ބޭނުން ބާވަތެއްގެ 200 ގްރާމް ބިސްކޯދު،
- ބިސްކޯދު ފޯކުރުމަށް 1 ތަށި ކިރު.
ބިހުގެ ގޮބޮޅިއާއި ހަކުރު އެއްކޮށްގެން އޮލަވަންދެން ގިރާލާށެވެ. ދެން މީގެ ތެރެއަށް ހޭޒަލްނަޓް ކްރީމް، ދިޔާކޮށްފައި ހުރި ޗޮކްލެޓް އަދި މަސްކަޕޯނީ ޗީޒް އަޅާލާށެވެ. އެއަށްފަހު ވިޕްޑް ކްރީމްކޮޅު އެއްކޮށްލާށެވެ.
ޓްރޭއެއްގައި (ކިރުން ފޯކޮށްފައި) ބިސްކޯދު އަތުރާލާށެވެ. އެއްކުރި ކްރީމް ބައިގެ އެއްބައި، މައްޗަށް އަޅާށެވެ. އަދި އަނެއްކާވެސް އެއް ބިސްކޯދު މޭޔަރު އެޅުމަށްފަހު މައްޗަށް ކްރީމް އަޅާލާށެވެ.
މައްޗަށް އެޅުމަށް (Topping):
- 80 ގްރާމް ކްރީމް ހޫނުކުރުމަށްފަހު، 80 ގްރާމް ޗޮކްލެޓް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ފިނިވެފައި ހުރި ކްރީމްގަނޑުގެ މައްޗަށް މިއަޅާލާށެވެ.
- ހޭޒަލްނަޓް ކްރީމް. ކޯނަކަށް އެޅުމަށްފަހު މަތީގައި ދިގަަށް ވާ ގޮތަށް ކްރީމް ލައިންތަކެއް އަޅާށެވެ. ދެން ޑިޒައިންކޮށްލާށެވެ.

