ރޯދައަށް ހުރެ ލޮލަށް ބޭސް އަޅައިފިނަމަ ރޯދަ ގެއްލޭނެތޯއެވެ؟
ތިޔަ ސުވާލުގެ ޖަވާބުގައި ފަޟީލަތުއް ޝައިޚް މުޙައްމަދު ޞާލިޙުލް ޢުޘައިމީން ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ.
ރޯދަވެރިޔާ ލޮލުގައި އަނދުން އެޅުމާއި، ލޮލަށް ބޭސްތިކި އެޅުމާއި، ކަންފަތަށް ބޭސްތިކި އެޅުމަކީ ހުއްދަވެގެންވާ ކަންތައް ތަކެވެ. ބޭހުގެ ރަހަ ކަރުތެރެއަށް ލީނަމަވެސް ރޯދަ ނުގެއްލޭނެއެވެ. ސަބަބަކީ އެއީ ކައިބޮއި ހަދާ އެއްޗެއް ނޫނެވެ. އަދި ކައިބޮއި ހެދުމުގެ މާނާގައި ބޭނުން ކުރެވޭ އެއްޗެއްވެސް ނޫނެވެ. ދަލީލު އައިސްފައިވަނީ ކާބޯތަކެތީގެ މާނާގައިވާ ތަކެއްޗަށެވެ. އެނޫން ތަކެތި މަނާ ކުރެވޭނެ ދަލީލެއް ނެތެވެ. މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ގެ ވެސް ރައުޔެވެ.
(ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް / ދިއިސްލާމް ޑެއިލީ)

