ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނަޝްވާ އަބްދުﷲ އެ މަގާމުން މިއަދު ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ނަޝްވާ މަގާމުން ވަކިކުރިކަން ކަށަވަރުކޮށްދީފައެވެ.
ނަޝްވާ އެފްޑީސީގެ ޗެއާޕާސަންކަމުގެ މަގާމަށް އައްޔަންކުރެއްވީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
ނަޝްވާ މަގާމުން ވަކިކުރުމާ ގުޅިގެން، އެ ކުންފުނީގެ ބޯޑަށް ބަދަލުތަކެއް އަންނާނެއެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑަކީ ޖުމްލަ ހަ މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ބޯޑެކެވެ. އޭގެ ތެރޭގައި ހިމެނެނީ ޗެއާޕާސަންގެ އިތުރުން، މެނޭޖިން ޑިރެކްޓަރާއި ހަތަރު ނޮން-އެގްޒެކްޓިވް ޑިރެކްޓަރުންނެވެ.

