ބޭނުންވާ ތަކެތި:
ޕިއްޒާ މަސްގަނޑު ތައްޔާރު ކުރުމަށް
- ތެޔޮ – 2 ސައިސަމުސާ
- ފިޔާ – 1 ސައިސަމުސާ
- ޓޮމާޓޯ – 2 ސައިސަމުސާ
- ކެޕްސިކަމް – 2 ސައިސަމުސާ
- ކައްކާފައި ހުރި ކުކުޅު – 1/2 ޖޯޑު
- ލޮނު – ރަހަލާވަރަށް
- ލޮނުމެދު – 1/2 ސައިސަމުސާ
- އިނގުރު – 1/2 ސައިސަމުސާ
- މޮޒަރެއްލާ ޗީޒް – ރަހަލާވަރަށް
- އޮލިވްސް
- ޗިލީ ފްލޭކްސް
- އޮރެގާނޯ
- އަސޭމިރުސް ފުށް
- ޓޮމާޓޯ ސޯސް – 2 ސައިސަމުސާ
- ފަރާޓާ ފުށްގަނޑު ތައްޔާރު ކުރުމަށް
- ފުށް – 1 ޖޯޑު
- ލޮނު – ރަހަލާވަރަށް
- ފެން – ބޭނުންވާ މިންވަރަށް
ތައްޔާރު ކުރާނެ ގޮތް
ތެޔޮފޮދެއްގައި ފިޔާކޮޅު 2 މިނެޓު ވަންދެން ރަތް ކޮށްލާށެވެ. ޓޮމާޓޯ، ކެޕްސިކަމް، ކުކުޅު، ލޮނު، ލޮނުމެދު އަދި އިނގުރު އެޅުމަށްފަހު 2-3 މިނެޓު ވަންދެން ކައްކާލާށެވެ. މަސްގަނޑު އެއްކޮށް ހިހޫވަންދެން ބަހައްޓާށެވެ. ދެން އޭގެ ތެރެއަށް ޗީޒް، އޮލިވްސް، ޗިލީ ފްލޭކްސް، އޮރެގާނޯ، އަސޭމިރުސް އަދި ޓޮމާޓޯ ސޯސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
މަޑު ފުށްގަނޑެއް މޮަޑުމަށްފަހު 5 މިނެޓު ވަންދެން ބާއްވާށެވެ. ފުށްގަނޑުން ހެޔޮވަރުމިންވަރަށް ބޮޑެތި ގުޅަ ކަނޑާ ވަށްކޮށް އޮމާން ކޮށްލާށެވެ! ފުށްގަނޑު ދަމާލުމަށްފަހު، އޭގެ ތެރެއަށް ތައްޔާރުކުރި މަސްގަނޑު އަޅައި، އަރިމަތިތައް ރަނގަޅަށް ބައްދާލާށެވެ. ދެފަރާތް ރަން މުށިކުލަ އަރަންދެން ބަޓަރުލައިގެން ފަރާޓާ ފިހެލާށެވެ.

