ބޭނުންވާ ތަކެތި؛
- 1 ޖޯޑު ވެނީލާ ނޫނީ ގްރީކް ނުވަތަ ޕްލެއިން ޔޯގަޓް،
- 2 ސައިސަމުސާ ނެޗުރަލް ޕީނަޓް ބަޓަރު
- 1 ސައިސަމުސާ މާމުއި
¼ ޖޯޑު ޑާކް ޗޮކްލެޓް (70% ކޯކޯ ނުވަތަ އެއަށްވުރެ ގިނަ)
ތައްޔާރު ކުރާނެ ގޮތް
ރަނގަޅަށް ޕީނަޓް ބަޓަރ، ޔޯގަޓް، މާމުއި އެއްކޮށްލުމަށްފަހު، ރީތި ތަށްޓަކަށް ނޫނީ ޓްރޭއަކަށް ވިޔަސް އަޅާލުމަށްފަހު މައްޗަށް ޑާކް ޗޮކޮލެޓް އަޅައި އެއްވަރު ކޮށްލާށެވެ. އަދި ދެން ފްރިޖުގައި 3 ގަޑިއެއްހާއިރު ބަހައްޓާށެވެ، އެއަށްފަހު ނަގައިގެން ބޭނުންކޮށްލާށެވެ، އެހެރީ ހައިޕްރޮޓީން ޑެޒަރޓެއް ތައްޔާރުވެފައެވެ.

