ތިރާމިސޫ ކްރީމް ފިލިންގް/ ބޭނުންވާ ތަކެތި:
* 2 ކުޑަ ބިހުގެ ގޮބޮޅި
* 60 ގްރާމް ހަކުރު
* 200 ގްރާމް މަސްކަޕޯނޭ ޗީޒް (ރޫމް ޓެމްޕަރޭޗަރގައި ހުރި)
* 300 މިލިލީޓަރު ޑަބަލް ކްރީމް
* 11/2 ސައިސަމުސާ ވެނީލާ އެސެންސް
* 1 ސަމުސާ ކޮފީ
މައްޗަށް އެޅުމަށް:
* ކޮކޯ ޕައުޑަރު (ބުރުއްސާލުމަށް)
ތައްޔާރުކުރާނެ ގޮތް:
1. ތަށްޓެއްގައި ބިހުގެ ގޮބޮޅިއާއި ހަކުރު އެއްކުރުމަށްފަހު، އުނދުންމައްޗަށް ފެންކައްކާ ތަވައެއް ބަހައްޓައި ތަވާގެ މަތީގައި ބޯތަށި ބަހައްޓައިގެން. ( ވަރަށް މަޑުގިނީގައި) މެދުނުކެނޑި ގިރުވާށެވެ.
މިކްސްޗަރު އޮލަވެ، ކުލަ ފަނޑުވެ، އަދި ހަކުރު ވިރެންދެން (ގާތްގަނޑަކަށް 4-5 މިނެޓު) ގިރުވާށެވެ. އެއަށްފަހު އުނދުން ނިވައިލާށެވެ.
ހެވީކްރީމް އަދި މަސްކަޕޯނޭ ޗީޒް ރަނގަޅަށް އެއްވެ، އޮލަވަންދެން ގިރުވާށެވެ.
ޗޮކްލެޓް ކްރޭޕްސް/ ބޭނުންވާ ތަކެތި:
* 4 ބިސް
* 1 3/4 ޖޯޑު ފިނި ކިރު
* 1/2 ޖޯޑު ފުށް
* 1 ސަމުސާ ޒުވާރި ފުށް (ކޯންސްޓާޗް)
* 1/4 ޖޯޑު ހަކުރު ނާޅާ ހުންނަ ކޮކޯ ޕައުޑަރު
* 3 ސަމުސާ ހަކުރު
* 1/4 ސައިސަމުސާ ލޮނު
* 1 ސައިސަމުސާ ވެނީލާ އެސެންސް
* 3 ސަމުސާ ލޮނު ހުންނަ ބަޓަރު (ވިރުވާފައިވާ)
ތައްޔާރު ކުރާނެ ގޮތް:
- ބޯތަށްޓެއްގައި ބިސް، ކިރު، ފުށް، ކޯންފްލާ، ކޮކޯ ޕައުޑަރު، ހަކުރު، ލޮނު، ވެނީލާ އަދި ވިރުވާފައިވާ ބަޓަރު އެއްކޮށް އޮމާން ވަންދެން ގިރުވާށެވެ. ގަނޑުތައް ނައްތާލުމަށްޓަކައި ފުރޭންޏަކުން ފުރާނާލާށެވެ.
- ތަތްނުލަވާ ކްރޭޕް ތަވައެއް މަޑުގިނީގައި ހޫނުކުރާށެވެ. ބޭނުންނަމަ ކުޑަކޮށް ތެޔޮ ނުވަތަ ބަޓަރު ހާކާލާށެވެ.
- ތަވައަށް ގާތްގަނޑަކަށް 1/3 ޖޯޑުގެ މިކްސްފުށް އަޅާލުމަށްފަހު، ތަވާ އަނބުރާލައިގެން އެއްވަރަކަށް ފަތުރާލާށެވެ.
- މަތީ ފަރާތް ހިކެންދެން 1-2 މިނެޓު ކައްކާށެވެ. އެއަށްފަހު އަނެއް ފަރާތަށް ފުށުން ޖަހައި، އިތުރު ބައި މިނެޓެއްހާއިރު ހޫނު ކުރާށެވެ.
- ފިހުނު ކްރޭޕް ނަގައި ތަށްޓެއްގައި ބާއްވާށެވެ. ބާކީ ހުރި ފުށްގަނޑުން މިގޮތަށް ހަދާށެވެ.
- ގާތްގަނޑަކަށް 8-10 ކްރޭޕް ލިބޭނެއެވެ.
އެސްޕްރެސޯ ސޯކް އަދި އެސެމްބްލީއަށް ބޭނުންވާ ތަކެތި:
- 1/2 ޖޯޑު ތައްޔާރުކޮށްފައިވާ އެސްޕްރެސޯ ކޮފީ
- 1 ސަމުސާ ކޮކޯ ޕައުޑަރ
- 1 ސަމުސާ ކޮފީ
- 1 ޕެކެޓް މޯނިންގް ކޮފީ ބިސްކޯދު ނުވަތަ ލޭޑީފިންގާސް
އެސްޕްރެސޯ ސޯކް ތައްޔާރުކުރާނެ ގޮތް: ތަށްޓެއްގައި ތަކެތި:
1/2 ޖޯޑު ތައްޔާރުކޮށްފައިވާ އެސްޕްރެސޯ ކޮފީ، 2 ސަމުސާ އިންސްޓަންޓް ކަޅު ކޮފީ، 1/2 ސަމުސާ ވެނީލާ އެކްސްޓްރެކްޓް، 1 ސަމުސާ ކޮކޯ ޕައުޑަރު (ރަހަގަދަ ކުރުމަށް)، ކުޑަ ލޮނުކޮޅެއް، އަދި 3 ސަމުސާ ހަކުރު ނުވަތަ މޭޕަލް ސިރަޕް ނުވަތަ މާމުއި.- ރަނގަޅަށް އެއްކޮށް ގިރާލާށެވެ
ތައްޔާރުކުރާނެ ގޮތް: ތިރާމިސޫ ކްރޭޕް ރޯލް
- ޕާޗްމަންޓް ކަރުދާސްގަނޑެއްގެ މަތީގައި، ދިގަށް ވާނޭހެން، ކްރޭޕްތައް އެކަތި އަނެކައްޗާއި ތަތްވާ ގޮތަށް، އެއް ކްރޭޕްގެ ކުޑަތަންކޮޅެއް މައްޗަށް އަނެއް ކްރޭޕް އަޅަމުން އަތުރާލާށެވެ.
- ތައްޔާރުކުރި ތިރާމިސޫ ކްރީމްގެ ދެބައިކުޅަ އެއްބައި ކްރޭޕްތަކުގެ މަތީގައި އެއްވަރަކަށް ފަތުރާލާށެވެ.
- ބިސްކޯދު ނުވަތަ ލޭޑީފިންގާ ބިސްކޯދުތައް އެސްޕްރެސޯ ސޯކްގެ ތެރެއަށް ކުޑަ ހިނދުކޮޅަކަށް (ދެތިން ސިކުންތު) ގަންބާލުމަށްފަހު، ކްރީމްގެ މަތީގައި އަތުރާލާށެވެ.
- ބާކީ ހުރި ތިރާމިސޫ ކްރީމް ބިސްކޯދުތަކުގެ މަތީގައި ފަތުރާލާށެވެ.
- ޕާޗްމަންޓް ކަރުދާސްގަނޑުގެ އެހީގައި، މުޅި އެތި މަޑުމަޑުން ރޯލްކޮށްލާށެވެ.
- ރޯލްކުރި ބައި ޕާޗްމަންޓް ކަރުދާހުން އަދި އޭގެ ފަހުން ކްލިންގް ފިލްމުން ރަނގަޅަށް އޮޅާލާށެވެ.
- ސެޓްވުމަށްޓަކައި މަދުވެގެން ގަޑިއިރުތަކެއް ވަންދެން ނުވަތަ މުޅި ރޭ ފިނިކުރަން ބަހައްޓާށެވެ.
- ކްލިންގފިލްމާއި ކަރުދާހުން ނެގުމަށްފަހު، ކެއުމަށް ސާވްކުރުމުގެ ކުރިން، މައްޗަށް ކޯކޯ ޕައުޑަރު ބުރުވާލުމަށްފަހު ފޮތިފޮއްޗަށް ކޮށާލާށެވެ.

