ސުވާލު: ލޮލަށް އަޅާ ބޭސް ތިކީގެ ސަބަބުން ނުވަތަ ކަންފަތަށް އަޅާ ބޭސްތިކީގެ ސަބަބުން ރޯދަ ގެއްލޭނެ ހެއްޔެވެ؟
ޖަވާބު: “ލޮލަށް އަޅާ ބޭސްތިއްކާއި ލޮލުގައި އަނދުން އެޅުމާއި ކަންފަތަށް ޖަހާ ބޭސްވެސް އެއީ އެއްކަހަލަ ތަކެއްޗެވެ. އެއީ ރޯދަ ގެއްލޭ ކަންކަމެއް ނޫނެވެ. އެހެނީ އެއީ ރޯދަގެއްލޭނެ ކަމަށް ނައްޞެއްގައި ވާރިދުވެފައިވާ ކަންކަމެއް ނޫނެވެ. އަދި ރޯދަ ގެއްލޭނެ ކަމަށް ނައްޞެއްގައި ވާރިދުވެފައިވާ ކަންކަމުގެ މާނައިގައިވާ (އެއާ ވައްތަރު) ކަންކަމެއްވެސް ނޫނެވެ. ލޮލަކީ ކެއުން ބުއިމަށް ބޭނުންކުރާ ތަނެއް ނޫނެވެ. އަދި ކަންފަތްވެސް ހަމަ އެފަދައެވެ.
… އެހެންކަމުން މީހަކު އަނދުން އެޅުމުން ނުވަތަ ލޮލަށް ބޭހެއް އެޅުމުން ނުވަތަ ކަންފަތަށް ބޭހެއް އެޅުމުން އޭނާގެ ރޯދަ ނުގެއްލޭނެއެވެ. އެއީ އޭނާގެ ކަރުގައި އޭގެ ރަހަ ލި ކަމުގައިވިޔަސް މެއެވެ.”

