ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ޖަލުތަކުގައި ގައިދީން ބޭތިއްބުމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ޖުމްލަ 400 ގައިދީންގެ ޖާގަ އިތުރުކޮށްފައިވާ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ޖަލުތަކުގައި ގައިދީން ބެހެއްޓުމުގެ ޖާގަ ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. މީގެ މައިގަނޑު ސަބަބަކީ ކުރީގެ ސަރުކާރުން މާލޭ ޖަލާއި ކަސްޓޯޑިއަލް
ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ޖަލުތަކުގައި ގައިދީން ބޭތިއްބުމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ޖުމްލަ 400 ގައިދީންގެ ޖާގަ އިތުރުކޮށްފައިވާ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ޖަލުތަކުގައި ގައިދީން ބެހެއްޓުމުގެ ޖާގަ ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. މީގެ މައިގަނޑު ސަބަބަކީ ކުރީގެ ސަރުކާރުން މާލޭ ޖަލާއި ކަސްޓޯޑިއަލް ފެސިލިޓީ އުވާލާފައިވުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ކުރިން ހުރި މާލޭ ޖަލަކީ ރާއްޖޭގައި ހުރި އެންމެ ފެންވަރު ރަނގަޅު ވަސީލަތްތައް ހިމެނޭ 350 މީހުންގެ ޖާގައިގެ ޖަލެކެވެ. ނަމަވެސް އެތަނާ އިންވެގެން ސްކޫލެއް އެޅުމަށްފަހު ޖަލު ބަންދުކޮށް، ގިނަ އަދަދެއްގެ ގައިދީން ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން 100 މީހުންގެ ޖާގައިގެ ކަސްޓޯޑިއަލް ޖަލުވެސް ތަޅާލައި އެ ޖާގަ މުޅިން ގެއްލުވާލާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
“އޭރު ހުރި މާލޭ ޖަލަކީ ރާއްޖޭގައި ވެސް އެންމެ ފެންވަރު ރަނގަޅުކޮށް ވަސީލަތްތައް ގާއިމުކޮށްފައިވާ ޖަލު. އެއީ 350 މީހުންގެ ޖާގައިގެ ޖަލެއް. ނަމަވެސް އެއާއި އިންވެގެން ސްކޫލެއް އަޅާ، ޖަލު ބަންދުކޮށްފައިވާއިރު، ޖަލުގައި ތިބި ގިނަ އަދަދެއްގެ ގައިދީން ވަނީ ދޫކޮށްލާފައި،” ވަޒީރު އިހުސާން ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ހުޅުމާލޭ ޖަލުގައި 100 މީހުންގެ ޖާގަ ހެދުމަށް ފަށާފައިވާ މަސައްކަތަކީ އާދަޔާ ހިލާފަށް އަގުބޮޑުކޮށް ހަވާލުކޮށްފައިވާ މަސައްކަތެއް ކަމަށެވެ. މިގޮތުން ޖުމްލަ 450 މީހުން ގައިދުކުރުމުގެ ޖާގަ މުޅިން ގެއްލިގެން ދިޔަ ނަމަވެސް، މި ސަރުކާރުން ވަނީ އެ ޖާގަތައް އަނބުރާ ހޯދުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ.
މި މަސައްކަތުގެ ދަށުން ވޭތުވެދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި ހުޅުމާލޭގައި 100 މީހުންގެ ޖާގަ ހަދައި، ޖުމްލަ ދެ އަހަރުގެ ތެރޭގައި 400 ގައިދީންގެ ޖާގަ އުފައްދާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ކުރިން ދޫކޮށްލާފައި ތިބި ގައިދީން އަނބުރާ ޖަލަށް ގެނައުމަށް ކުރެވޭ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
ފެސިލިޓީ އުވާލާފައިވުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.