ފަސޭޭހައިން، އަވަހަށް ތައްޔާރު ކޮށްލެވޭ، ސްޕައިސީ ވެޖެޓަބަލް ކްރެޕް
ބޭނުންވާ ތަކެތި
- 1 ތަށި ފުށް
- 2 ސަމުސާ ފިޔާ، ކުދިކޮށް ކޮށާފައި
- 2 ސަމުސާ ޓޮމާޓޯ، ކުދިކޮށް ކޮށާފައި
- 2 ސަމުސާ ކެޕްސިކަމް، ކުދިކޮށް ކޮށާފަައި
- 1 ކެރެޓް (ކުޑަ ތަށި)، ގާނާފައި
- 1 ސައިސަމުސާ ކޮރިއެންޑާރ ފަތް، ކުދިކޮށް ކޮށާފައި
- 1/2 ސަމުސާ ލޮނު
- 1 ތޮޅި މިރުސް، ކުދިކޮށް ކޮށާފައި
- 1/2 ސަމުސާ މުގުރި މިރުސް (ޗިލީ ފްލޭކްސް)
- 1/4 ސަމުސާ އަސޭމިރުސް، ހިމުންކޮށްފަައި ހުރި
ތައްޔަރު ކުރާނެ ގޮތް
ހުރިހާ އެއްޗެއް ތަށްޓަކަށް އަޅައި، އެއަށް 1 ތަށި ކިރު އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. އަދި 2 ބިސް އަޅާފައި އިތުރަށް ގިރުވައި. ރަނގަޅަށް އެއްކޮށްލާށެވެ،
ރަނގަޅަށް އޮމާންވަންދެން އެއްކުރުމަށްފަހު ، އުނދުންމައްޗަށް ތަވާ އުނދާށެވެ. ތަވާގައި ކުޑަ ތެޔޮކޮޅެއް ހާކާލުމަށްފަހު ބޮޑު ސަމުސަލަކުން ނުވަތަ އުނދުޅިއަކުން ނޫނީ ކުޑަ ޖޯޑަކުން ވިޔަސް، އެއްކޮށްފައި ހުރި މިކްސް ތަށިން ނަގައި ތަވައަށް އަޅާށެެވެ. ކުޑަކޮށް ފެތުރޭނެހެން ތަވާ ދެކޮޅަށް އަރިއަރިކޮށްލާށެވެ. މަޑު ގިނީފައި30 ސިކުންތު ވަންދެން ފިހެލާށެވެ.
ފަރާޓާގައި ކުޑަ ތެޔޮކޮޅެއް ހާކާލުމަށްފަހު އަނެއް ފަރާތަށް ޖަހައި، ދެފަރާތް ރަނގަޅަށް ފިހެލާށެވެ.

