މާލެ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި މިއަދުގެ ހުކުރު ނަމާދު އިމާމުވެ ކުރާނީ ޒުވާން ހަތީބުން ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ހާމަކޮށްފިއެވެ. މިއީ މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން މުޅި މާލެ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ޒުވާން ހަތީބުން ހުކުރު ކުރާ ފުރަތަމަ ފަހަރެވެ.
މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ “ރަމަޟާން މަހުގެ ފަހު ދިހައެއް” މި މައުޟޫއަށެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ މާލެ ސަރަހައްދުގެ އެކި މިސްކިތްތަކުގައި ހުކުރު ކުރާނެ ޒުވާން ހަތީބުންގެ ލިސްޓު އާންމުކޮށްފައެވެ. މީގެ ކުރިން ވެސް އެކި ފަހަރުމަތިން ޒުވާން ހަތީބުން މާލޭގެ ބައެއް މިސްކިތްތަކުގައި ހުކުރު ނަމާދު ކޮށްފައިވީ ނަމަވެސް، މިއަދަކީ މި ހުރިހާ މިސްކިތެއްގައި އެއްފަހަރާ ޒުވާނުން ހުކުރު ކުރާ ތާރީޚީ ދުވަހެކެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި މާލެ ސަރަހައްދުގެ އެންމެ ބޮޑު ދެ މިސްކިތް ކަމަށްވާ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ވެސް މިއަދު ހުކުރު ކުރާނީ ޒުވާން ހަތީބުންނެވެ. އެގޮތުން
- އިސްލާމީ މަރުކަޒުގައި އަބްދުﷲ ބިން އިމްޖާދު
- ސަލްމާން މިސްކިތުގައި އިމާމުވެ ހުކުރު ކުރާނީ މުހައްމަދު ހަނޫން ހުސައިން
މީގެ އިތުރުން މާލޭގެ އެހެން މިސްކިތްތަކަށް ބަލާއިރު،
- އިސްކަންދަރު މިސްކިތް: މުހައްމަދު މަބާހް މުހައްމަދު
- ޔޫސުފުލް ބަރުބަރީ މިސްކިތް: އާޔަން އަހުމަދު އިނާން
- ބިއްރި މިސްކިތް، ވިލިމާލެ: އިސްމާއިލް ރަޝީދު
- މަސްޖިދުއްސުލްތާން މުހައްމަދު ބިން އަބްދުﷲ: ރައްޔާން މުހައްމަދު ރަޝީދު
- ފުރުގާން މިސްކިތް: އަހުމަދު ޔޫސުފް ބިން ސައީދު
- ނޫރު މިސްކިތް: ހަމްޒާ ބިން ހަސަން
- ޝަހީދު އަލީ މިސްކިތް: އާކިފް އަބްދުއްސައްތާރު
- ތައިބާ މިސްކިތް: މުހައްމަދު ދިނާޒް އަހުމަދު ޝަރީފް
- ޝައިހް ގާސިމް ބިން މުހައްމަދު އާލް ސާނީ މިސްކިތް: އުވައިސް ބިން އިނާޒް
- ދުނބުރު މިސްކިތް: ޒައިނުލް އާބިދީން ޔޫސުފް
- ފަނޑިޔާރު މިސްކިތް: އާތިކް އަބްދުއްސައްތާރު
- ބަންޑާރަ މިސްކިތް: މާޔިޒް ބިން މުސްތާގް
- ޖަލާލުއްދީން މިސްކިތް: އިސްމާއީލް އިފްރާހް އިބްރާހިމް އަލީ
- ހަސަން އާދަމް މިސްކިތް، ހުޅުމާލެ 2: މުހައްމަދު ޔަޝައު މުސްތަފާ
- އީމާން މިސްކިތް، ހުޅުމާލެ 2: އަނަސް ބިން ހަސަން
- ސަލާހުއްދީން މިސްކިތް: އަހުމަދު އަލްތާފް މޫގިލް
- އަސްދިގާ މިސްކިތް، ހުޅުމާލެ 1: އަބްދުﷲ ޔައިސް މުހައްމަދު
- އަމީލް ޖަލީލް މިސްކިތް، ހުޅުމާލެ 2: އައްމާރު ބިން އިބްރާހިމް
- ވާލިދައިން މިސްކިތް، ހުޅުމާލެ 1: އިބްރާހިމް ޒާކިރު ޒަލީގް
- ރަޝީދު މިސްކިތް، ހުޅުމާލެ 1: ހަނީޒް ހަނީފް
- އަޒީޒާ މިސްކިތް، ހުޅުމާލެ 1: ހަސަން މާޒް އަލީ
- އަބީބަކުރުނިއްސިއްދީގު މިސްކިތް، ހުޅުމާލެ 2: އަހުމަދު މާދިން އަބްދުއްސަލާމް
- އުސްމާން ބިން އައްފާން މިސްކިތް، ހުޅުމާލެ 2: އަބްދުﷲ އަކްމަލް ރަޝީދު

