އައްޑޫ ސިޓީ ފޭދޫ ބަނދަރު ބޭރުގައި އަޅާފައި އޮތް ޑައިވިންގ ދޯންޏެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ، އައްޑޫ ސިޓީ ފޭދޫ ބަނދަރު ބޭރުގައި އަޅާފައި އޮތް މި ޑައިވިންގ ދޯނީގައި އަލިފާން ރޯވެގެން ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ފަޔަރ ފައިޓަރުން އެ ސަރަހައްދުގައި މިހާރު ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން އިތުރަށް ބުނީ، އަލިފާން ނިއްވުމުގެ މަސައްކަތުގައި ފަޔަރ ފައިޓަރުންގެ އިތުރުން ފުލުހުންވެސް އެ ސަރަހައްދުގައި މިވަގުތު ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލް އަންނަ ވަރަކަށް ގެނެސްދޭށެވެ.

