ގާތްގަނޑަކަށް 20 ޑޯނަޓަށް ބޭނުންވާ ތަކެތި:
- 500 ގްރާމް ފުށް
- 2 ބިސް
- 220 ގްރާމް ކިރު
- 50 ގްރާމް ހަކުރު
- 60 ގްރާމް ބަޓަރު
- 20 ގްރާމް ފްރެޝް އީސްޓް
- 1 ސައިސަމުސާ ލޮނު
ތައްޔާރު ކުރާނެ ގޮތް:
ބަޓަރު ފިޔަވައި ހުރިހާ އެއްޗެއް މިކްސަރުގެ ތައްޓަށް އެޅުމަށްފަހު 10 މިނެޓް ވަންދެން މޮޑޭށެވެ.
ދެން ބަޓަރުކޮޅު އެއްކުރުމަށްފަހު، ތަށީގެ އަރިމަތިން ފުށްގަނޑު ނެއްޓި، އޮމާންވަންދެން މޮޑޭށެވެ.
ފުށްގަނޑު ދެގުނައަށް ފުފެންދެން 1 ގަޑިއިރާއި 2 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ބާއްވާށެވެ.
ފުށްގަނޑު ކުދި ބައިތަކަށް ބަހާލުމަށްފަހު، ފުށް އަޅާފައިވާ އޮމާން ތަނެއްގައި އަތުރާލާށެވެ. އަދި މަތި ފޮރުވުމަށްފަހު އަނެއްކާވެސް 1 ގަޑިއިރާއި 2 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ފުފެން ބާއްވާށެވެ.
އަދި ދެން ތެއްޔަކަށް ތެޔޮ އެޅުމަށްފަހު، އުނދުންމައްޗަށް އުނދައި، މަޑުގިނީގައި ބަހައްޓާށެވެ.
ފުފިފައި ހުރި ޑޯނަޓް ފުށް ގުޅަތައް ނަގާ ތެލަށް އެޅުމަށްފަހު 5 ވަރަކަށް މިނެޓްކޮށްފައި އަނެއް ފުށަށް ޖަހާށެވެ. މުށިކުލަ އަރާ ވަރަށް ދެފުށް ތެލުލެވުނީމަ، ތެޔޮ ހިނދޭނެ ކަހަލަ ކަރުދާހެއްގެ މައްޗަށް ނަގާށެވެ.
ކެރަމަލް ތައްޔާރުކުރުމަށް:
- 100 ގްރާމް ވައިޓް ޝުގަރ (ހަކުރު)
- 40 ގްރާމް ލޮނު ހުންނަ ބަޓަރު (half-salted butter)
- 200 އެމް.އެލް ހޯލް ކްރީމް
ޑޯނަޓް ތެރެއަށް، ކެރަމަލް ފިލްކުރުން
ހަކުރު ތަވައަށް އަޅައި މަޑުގިނީގައި ހޫނުކޮށް ކެރަމަލް ވާން ފެށުމުން ބަޓަރު އެއަށް އަޅާށެވެ. ބަޓަރު ވިރުނީމަ އެއްކުރަމުން ހޯލް ކްރީމް އަޅާށެވެ. ރަނގަޅަށް އެއްކޮށްލުމަށްފަހު ތަށްޓަކަށް އަޅައި މަތީގައި ފޮއިލް އަޅާފައި ބަހައްޓާށެވެ. އަދި ދެން ތެލުލާފައި ހުރި ޑޯނަޓްތަކުގެ މެދުން އެތެރެއަށް ލޯވަޅެއް ހެެދުމަށްފަހު ޕައިޕިންގ ބޭގެއްގައި ކެރަމަލް މިކްސް އެޅުމަށްފަހު، ޑޯނަޓްގެ އެތެރެ ފިލް ކޮށްލާށެވެ.
ޑޯނަޓް މައްޗަށް އެޅުމަށް:
- 1 ސައިސަމުސާ ކޮކޯ ޕައުޑަރު
- 3 ސައިސަމުސާ ހަކުރު،
ދެބައި އެއްކުރުމަށްފަހު ޑޯނަޓް އެއަށް އަޅައި ދެފުުށުގައި (ޑޯނަޓްގައި ހުރި ކުޑަނަމަވެސް ތެލުގެ އަސަރުގެ ސަބަބުން މިކްސްޕައުޑަރ ޑޯނަޓްގެ ވަށައިގެން ހަރުލާނެ) ރަނގަޅަށް ހާކާލާށެވެ!

