މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، ރާއްޖޭގައި ޑިޖިޓަލް އިގްތިސޯދެއް ގާއިމްކުރުމަށްޓަކައި އެންމެ މުހިއްމު އެއް ކަމަކީ ހަރުދަނާ އޮންލައިން ޕޭމެންޓް ނިޒާމެއް އޮތުން ކަމަށެވެ. އަދި ސްވައިޕް އަކީ ރާއްޖެއަށް މިވަގުތު ބޭނުންވާ ފަދަ ފުރިހަމަ ޕޭމެންޓް ނިޒާމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ސްވައިޕް އަކީ 100 އިންސައްތަ ދިވެހިންގެ އަމިއްލަ އުފެއްދުމެއް ކަމަށެވެ.
"މިއީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ފަސޭހަކަމާ އެކު އަވަހަށް އަދި ރައްކާތެރިކަމާ އެކު ފައިސާގެ މުއާމަލާތް ކުރެވޭނެ މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓެއް. މި ވޮލެޓަކީ ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖެ އާއި ރާއްޖޭގެ ފިންޓެކް ހުނަރުވެރިކަން ދައްކުވައިދޭ އުފެއްދުމެއް" ޝަރީފް
ބީއެމްއެލްގެ އަމާޒަކީ މި ސަރަހައްދުގެ އެންމެ މޮޅު ޑިޖިޓަލް ބޭންކަށް ވުމެވެ. ސްވައިޕް ތައާރަފުކުރުމަކީ އެ ލަނޑުދަނޑި ހާސިލްކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސީއީއޯ ޝަރީފް ވަނީ ސިފަކުރައްވާފައެވެ.

