ބޭނުންވާ ތަކެތި:
- 160 ގްރާމް އޯރިއޯ ބިސްކޯދު،
- 40 ގްރާމް ލައިބްނިޒް ބަޓަރ ކޮކޯ ބިސްކޯދު، (ލިބެން އުނދަގޫވެއްޖެނަމަ މަންޗީގެ ޗޮކޮލެޓް ޕަފް ބޭނުން ކުރެވޭނެ، ރަހަ ދާދި އެއްގޮތްވާނެ)
- 75 ގްރާމް ބަޓަރު (ވިރުވާފައި)
- 400 ގްރާމް މަސްކަޕޯން،
- 400 ގްރާމް ޑަބަލް ކްރީމް ފްރެޝް ޗީޒް،
- 120 ގްރާމް ނަޓެއްލާ،
- 20 ގްރާމް ބޭކިންގ ކޮކޯ،
- 60 ގްރާމް އައިސިންގ ޝުގަރ
- 120 ގްރާމް ނަޓެއްލާ،
- 2 ސައިސަމުސާ ކޮކޮނަޓް އޮއިލް
ތައްޔާރު ކުރާނެ ގޮތް
ބިސްކޯދުތައް ހިމުންކޮށް މުގުރާލުމަށްފަހު ބަޓަރާ އެއްކޮށްލާށެވެ. ޓްރޭއަށް އަޅައި، ޕްރެސްކޮށް އެއްވަރުކޮށްލުމަށްފަހު 30 މިނެޓު ވަންދެން ފިނިކުރަން ބަހައްޓާށެވެ. މަސްކަޕޯން، ކްރީމް ޗީޒް އަދި ނަޓެއްލާ އެއްކޮށް އޮމާންވަންދެން ގިރާލާށެވެ. އައިސިންގ ޝުގަރ އާއި ބޭކިންގ ކޮކޯ (ފުރާނާލުމަށްފަހު) އޭގެ ތެރެއަށް އަޅާ އެއްކޮށްލާށެވެ. ތައްޔާރުކުރި ކްރީމްކޮޅު ބިސްކޯދު ފަށަލައިގެ މައްޗަށް އަޅާ އޮމާންކޮށްލާށެވެ.
މަދުވެގެން 4 ގަޑިއިރު – އެންމެ ރަނގަޅީ ރޭގަނޑު އެއްކޮށް ފިނިކުރަން ބެހެއްޓުމެވެ. ނަޓެއްލާ އާއި ކޮކޮނަޓް އޮއިލް އެއްކޮށް އޮމާންވަންދެން މަޑު ގިނީގައި ހޫނުކޮށްލާށެވެ.
ރަނގަޅަށް ފިނިވެފައިވާ ކޭކުގެ މައްޗަށް މިއަޅާލުމަށްފަހު އަނެއްކާވެސް 30-60 މިނެޓު ވަންދެން ފިނިކުރަން ބަހައްޓާށެވެ.

