ނޯ-ބޭކް ޗޮކްލެޓް ޗީޒްކޭކް
ބޭސް ތައްޔާރުކުރުމަށް:
100 ގްރާމް ކޯކޯ ބިސްކޯދު
30 ގްރާމް ދިޔާކޮށްފައިވާ ބަޓަރު
ޗީޒް ފިލިންގް ތައްޔާރުކުރުމަށް:
350 ގްރާމް ކްރީމް ޗީޒް (ރޫމް ޓެމްޕަރޭޗަރގައި ހުރި)
70 ގްރާމް ހަކުރު
200 ގްރާމް ދިޔާކޮށްފައިވާ ޗޮކްލެޓް (125 ގްރާމް ސިންގަލް ކްރީމްއާ އެކު)
150 ގްރާމް ފިނިކޮށްފައިވާ ހެވީ ކްރީމް
ތައްޔާރު ކުރާނެ ގޮތް:
ހަކުރާއި ޗީޒް އެއްކޮށް ގިރުވާލާށެވެ. 125 ގްރާމް ކްރީމް ކައްކާލުމަށްފަހު، ޗޮކްލެޓްގެ ތެރެއަށް އަޅާ އެއްކޮށްލާށެވެ (ގަނާޝް).
ތައްޔާރުކުރި ގަނާޝްކޮޅު ޗީޒްގެ ތެރެއަށް އަޅާލާށެވެ.
ފިނިކޮށްފައިވާ ހެވީ ކްރީމްކޮޅު ގިރުވާލުމަށްފަހު (ވިޕް ކުރުން)، ޗީޒް އަދި ޗޮކްލެޓް މިކްސްޗަރގެ ތެރެއަށް އެއްކޮށްލާށެވެ.
ކޭކު އެސެމްބަލް ކުރާށެވެ (ބޭސްގެ މަތީގައި ފިލިންގް ފަތުރާލާށެވެ). މަދުވެގެން 4 ގަޑިއިރު ފިނިކުރަން ބަހައްޓާށެވެ.

