ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ގދ. ނަޑެއްލާ، ސޫރަޖް، ޢަލީ އިބްރާހީމް ދީދީ (87 އަހަރު) އެވެ. އޭނާ ނިޔާވީ ޢުމްރާގެ އަޅުކަމުގައި އުޅެނިކޮށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ޢަލީ އިބްރާހީމް ދީދީގެ އާއިލާއިން ހުވަދޫ މީޑިއާއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، އަކީ އިބްރާހިމް ނިޔާވީ ގުދުރަތީ މަރަކުން ކަމަށެވެ. އަދި މިކަމުގައި އެއްވެސް ކަހަލަ އެކްސިޑެންޓެއް ނުވަތަ އެއްވެސް ހާދިސާއެއް ހިނގާފައި ނުވާކަން އާއިލާއިން ކަށަވަރުކޮށްދީފައިވެއެވެ.

