ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވޭ، ފުށް ނާޅާ ތައްޔާރުކުރާ މި ޗޮކްލެޓް ބަނާނާ ކޭކަކީ މަޑު އަދި ސިއްހަތަށް ފައިދާހުރި ފޮނިކާއެއްޗެކެވެ.
ބޭނުންވާ ތަކެތި:
- 4 ދޮންކެޔޮ،
- 4 ބިސް،
- 200 ގްރާމް ގްރީކް ޔޯގަޓް،
- 50 ގްރާމް ކޮކޯ ޕައުޑަރު،
- 30 ގްރާމް މާމުއި،
- 2 ސައިސަމުސާ ބޭކިންގް ޕައުޑަރު
ތައްޔާރު ކުރާނެ ގޮތް
ހުރިހާ އެއްޗެއް މިކްސްޗަރުން ގިރުމަށްފަހު ޓްރޭ އަކަށް އަޅާށެވެ. އަދި ޓްރޭ އަވަނަށް ލުމަށްފަހު، 180 ޑިގްރީ ސެލްސިއަސް (360 ޑިގްރީ ފަރަންހައިޓް) ގައި 45 މިނެޓާއި 60 މިނެޓާ ދެމެދުގެ ވަގުތަކަށް ފިހުމަށްފަހު، އަވަނުން ނަގައި ހިހޫ ވަންދެން ބަހައްޓާށެވެ.

