🎃🍫 ޕަމްޕްކިން ޗޮކްލެޓް ކޭކު
🧾 ބޭނުންވާ ތަކެތި
- • 1 ޖޯޑު ޕަމްޕްކިން ޕިއުރީ (ބަރަބޯ މަޑުކޮށްފައި)
- • 2 ބިސް
- • 2 ސައިސަމުސާ ކޯކޯ ޕައުޑަރު
- • ½ ޖޯޑު އޯޓްސް
- • 1 ސައިސަމުސާ މާމުއި
⸻
🥣 ތައްޔާރުކުރާނެ ގޮތް
މިކްސަރަށް ޕަމްޕްކިން ޕިއުރީ އަޅާށެވެ. ބިސް، ކޮކޯ ޕައުޑަރު، އޯޓްސް އަދި މާމުއި އެއްކުރާށެވެ. އޮމާން ޗޮކްލެޓް ފުށްގަނޑަކަށް ވަންދެން މިކްސަރުން ގިރާލާށެވެ.
ކޭކު ފިހާ ޓްރޭއަކަށް ފުށްގަނޑު އޮއްސާލާށެވެ. 180°C / 350°F ގައި ގާތްގަނޑަކަށް 25 މިނެޓު ވަންދެން ފިހާށެވެ. ކުޑަކޮށް ހިހޫވުމުން، ފޮތިކޮށްފައި ސާވްކުރާށެވެ.

