ޅުމާލެއިން އެއާޕޯޓަށް ދަތުރުކުރާ ހައިވޭގައި ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލުން ނެއްޓި، މަގުގެ އެއްފަރާތުގައި ހުރި ފެންސްގައި ޖެހި ބޮޑު އެކްސިޑެންޓެއް މިއަދު ހިނގައިފިއެވެ. މި ހާދިސާގައި ޕިކަޕު ވަނީ މަގުމައްޗަށް ފުރޮޅާލާފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ހުޅުމާލެއިން އެއާޕޯޓަށް ހައިވޭގައި ދަތުރު ކުރި އުޅަނދެއް މަގުގެ އެއްފަރާތުގައި ހުންނަ ފެންސްގައި ޖެހި އެކްސިޑެންޓް ވެގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި ހާދިސާގައި ޕިކަޕުގައި ތިބި ދެ މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. “މި އެކްސިޑެންޓްގައި އުޅަނދުގައި ތިބި ދެ މީހަކަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި،” ފުލުހުން ބުންޏެވެ.
އަނިޔާވި މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް މިހާތަނަށް ހޮސްޕިޓަލުންނާއި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ

