ރާއްޖެއަށް ބޭނުންވާ ތެލާއި، ގޭސް އަދި ކާބޯތަކެތީގެ ބާވަތްތައް މެދުނުކެނޑި ލިބެން ހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ދެއްވައިފިއެވެ.
ވަޒީރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލި، ތެޔޮ ސަޕްލައި ކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ނަމަވެސް، މި ހާލަތުގެ އަސަރު ދިވެހި ޤައުމާއި ރައްޔިތުންނަށް ކުރާ މިންވަރު ކުޑަކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ވިސްނުންފުޅާއެކު ސަރުކާރުން ރޭވުންތެރިކަމާއެކު ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އެގޮތުން، އެސްޓީއޯއިން ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވާނޭ ގޮތުގެ މަތިން ދަމަހައްޓަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. “އެސްޓީއޯއިން ތެޔޮ ގެންނަނީ ރާއްޖޭގެ ޑިމާންޑަށް ބަލައި، އަދި އޭގެ އިތުރަށް ދުރާލާ ސަޕްލަޔަރުންނާއެކު އެސްޓީއޯއިން އެއްބަސް

