2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ތިނަދޫ ސިޓީގެ މޭޔަރު ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާ މުޙައްމަދު އަޖީބުގެ ކެމްޕޭން މެނިފެސްޓޯ ރަސްމީކޮށް އާންމުކޮށްފިއެވެ.
https://www.ajeebformayor.com/
މިއީ ތިނަދޫއަށް ތަފާތު ބަދަލުތަކެއް ގެނައުމުގެ އަމާޒުގައި ފަރުމާކޮށްފައިވާ މެނިފެސްޓޯއެކެވެ.
އަޖީބުގެ މެނިފެސްޓޯގައި ވަނީ
- އިލްމީ ސިކުނޑިތަކަކުން ފާގަތި މުސްތަޤުބަލެއް ބިނާކުރުން
- ގޭދޮށުން ޞިއްޙީ ފަރުވާ
- ދެމެހެއްޓެނިވި ދިރިއުޅުމަކަށް ފެހި ސިޓީއެއް
- ޒުވާނުން ބާރުވެރި ކުރުވުން
- އިސްލާމީ ޝަޚްޞިއްޔަތު ވަރުގަދަކުރުން
- ފަތުރުވެރިކަމުގެ ނަފާ ރަށަށް
- ވަޒީފާއާއި ކުރިއެރުމާއި އެންމެންނަށް ފުރުސަތުތައް،
- އަންހެނުން ބާރުވެރިކުރުން
ކެމްޕެއިންގ ތެރޭ އަޖީބު ވިދާޅުވެފައިވަނީ އޭނާގެ މަގުސަދަކީ އިޤްތިޞާދީ ގޮތުން ރައްޔިތުން ބާރުވެރިކުރުވުން ކަމަށެވެ. އެގޮތުން ތިނަދޫގެ ރައްޔިތުންނަށް، ޚާއްޞަކޮށް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށާއި ދެމެހެއްޓެނިވި ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް ވަނީ ވަޢުދުވެފައެވެ. މީގެ އިތުރުން، ކާބޯތަކެތި އުފެއްދުމަށާއި ދަނޑުވެރިކަމަށް ޚާއްޞަ ބިންތައް ކަނޑައަޅައި، އަމިއްލަ އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްކޮށްދިނުމަށް ވެސް ވިދާޅުވެފައިވެއެވެ.
އަޖީބަށް ތާއީދު ހޯއްދެވުމަށް ސަރުކާރުގެ އިސްވެރިން އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ އަޖީބަކީ ތިނަދޫ ސިޓީއަށް ލިބިފައިވާ “ޖަވާހިރެއް” ފަދަ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.45މި އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން މާލޭގައި ޚާއްޞަ ކެމްޕޭން އޮފީހެއްވެސް ވަނީ ހުޅުވާފައެވެ. މި އޮފީސް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. އަންނަ އަހަރުގެ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި އަޖީބާ ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން މިހާރުގެވެސް މޭޔަރު ސައުދު ޢަލީއެވެ.

