ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި ކުރިއަށް އޮތް ޖޫން މަހު އުމްރާގެ އަޅުކަން އަދާކުރުމަށް ދާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު އެ ގްރޫޕުން ހުޅުވާލައިފިއެވެ. މި ދަތުރުގެ އަގަކީ 28,990 ރުފިޔާ ކަމަށް އެ ގްރޫޕުން މައުލޫމާތު ދެއެވެ.
އެ ގްރޫޕުން ހާމަކޮށްފައިވާ ގޮތުގައި، ޖޫން މަހުގެ އުމްރާ ދަތުރުގައި ބައިވެރިވާ ފަރާތްތަކަށް ޚާއްސަ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ހިލޭ ތިން އުމްރާ ކުރުމުގެ ފުރުސަތާއި، މައްކާ އާއި މަދީނާގެ މުގައްދަސް ތަންތަނަށް ޒިޔާރަތްކުރުން ހިމެނެއެވެ. މީގެ އިތުރުން ދީނީ އިލްމުވެރިންގެ އިރުޝާދާއެކު ތާއިފް، ޖިއްދާ އަދި ބާޒާރު ދަތުރުތައް ކުރިއަށްދާނެއެވެ.
މި ދަތުރުގައި ބައިވެރިވާ އުމްރާވެރިންނަށް ދިވެހި ކެއުމުގެ ޚިދުމަތާއި، އުމްރާ ކިޓެއްގެ އިތުރުން ސިއްހީ އެހީތެރިކަން ވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އުމްރާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓްރީ ވެވޭނެ ކަމަށް އެ ގްރޫޕުން ބުނެއެވެ.
ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕުން އިތުރަށް ބުނީ، މިއަހަރުގެ ޖޫން މަހުގެ އިތުރުން ޖުލައި، ސެޕްޓެމްބަރު އަދި ޑިސެމްބަރު މަހަށް ވެސް އުމްރާ ދަތުރުތައް ތާވަލުކޮށްފައިވާ ކަމަށެވެ. މިއީ ސްކޫލް ބަންދާއި ޗުއްޓީ ދުވަސްތަކާ ދިމާކޮށް އާންމުންނަށް ލުއިފަސޭހަވާނެހެން ތަރުތީބުކޮށްފައިވާ ދަތުރުތަކެކެވެ.
ނިމިދިޔަ ރަމަޟާން މަހު އެ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ ފަރާތްތަކުން ވަނީ މަދީނާގެ ރައުލާ އާއި، ގުބާ މިސްކިތް އަދި އުހުދު ހަނގުރާމަ ކުރެވުނު މައިދާން ފަދަ ތާރީޚީ ތަންތަނަށް ޒިޔާރަތްކޮށްފައެވެ. އެ ދަތުރުތަކުގައި ވެސް ޝައިޚުންގެ ފަރާތުން އެ ތަންތަނުގެ ތާރީޚީ މައުލޫމާތު ދީފައިވާ ކަމަށް އެ ގްރޫޕުން ފާހަގަކުރެއެވެ.
މި ދަތުރާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 9110909، 9632514 ނުވަތަ 9545451 ނަންބަރާ ގުޅުމަށް އެ ގްރޫޕުން އެދެއެވެ.

