ހުވަދޫ މީޑިއާއިން އިންތިޒާމު ކޮށްގެން މިނިމުނު ރަމަޟާން މަހު ގެނެސްދިން "ރަމަޟާން މަހުގެ ފަހު 10 ގެ ކުއިޒް" ގެ ޤުރުއަތުން ހޮވުނު ނަސީބުވެރިޔާ އިއުލާން ކޮށްފިއެވެ.
މި ކުއިޒްގެ ހުރިހާ ސުވާލަކަށް ރަނގަޅު ޖަވާބުދީ، ޝަރުތުތައް ފުރިހަމަކުރި ބައިވެރިންގެ މެދުގައި ނެގުނު ގުރުއަތުން ހޮވުނު ނަސީބުވެރިއަކީ ށ. ފުނަދޫ، އިރުޒުވާގެ، އާމިނަތު އަޙްމަދު، (A321944) އެވެ.
ހުވަދޫމީޑިއާގެ ފަރާތުން އާމިނަތު އަހުމަދަށް މަރުހަބާ ދަންނަވަމެވެ.
ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައެއްގައި ހުވަދޫމީޑިއާއިން ކުރިއަށް ގެންދިޔަ މި ކުއިޒަކީ، ދީނީ ކަންކަމަށް ވިސްނުން ބެހެއްޓުމަށާއި، އުނގެނުމަށާއި، އަދި މުޖުތަމައުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަގުސަދުގައި ބޭއްވި ކުއިޒެކެވެ. މި ކުއިޒްގައި އެތައް ސަތޭކަ ބައިވެރިންނެއް ބައިވެރިވެ، އެފަރާތްތަކުގެ ދީނީ މަޢުލޫމާތާއި ޝައުގުވެރިކަން ހާމަކޮށްފައިވެއެވެ. މި ހުރިހާ ބައިވެރިންގެ ތެރެއިން ހުރިހާ ސުވާލަކަށް ރަނގަޅު ޖަވާބުދީ، ޝަރުތުތައް ފުރިހަމަކުރި ބައިވެރިންގެ މެދުގައި ނެގުނު ގުރުއަތުން ހޮވުނު ނަސީބުވެރިއަކީ އާމިނަތު އަޙްމަދު އެވެ.
މި ކާމިޔާބީގެ އަގުވަޒަންކުރުމުގެ ގޮތުން، އާމިނަތު އަޙްމަދަށް އިނާމެއްގެ ގޮތުގައި 1,000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
"އާމިނަތު އަޙްމަދަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާ ކިޔަމެވެ. މި ކުއިޒަކީ ރަމަޟާން މަހުގެ ރޫޙު އާލާކުރުމަށާއި، މަޢުލޫމާތާއި ވިސްނުމުގެ ތެރެއިން މުޖުތަމައު އެއްބައިވަންތަކުރުމަށް ކުރިއަށްގެންދިޔަ ޙަރަކާތެކެވެ. ހުރިހާ ބައިވެރިން ދެއްވި ފޯރިއާއި އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ. ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އިތުރު ހަރަކާތްތައް ބޭއްވުމަށް ހުވަދޫމީޑިއާގެ ޓީމުން ޝައުގުވެރިވާކަން އުފަލާއެކު ފާހަގަކުރަމެވެ." ހުވަދޫ މީޑިއާގެ އެޑިޓަރ/ ސީއީއޯ މުހައްމަދު އަޚްތަރު

