އދ. އަތޮޅު މަންތާ ޕޮއިންޓަށް މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ 1 އޭޕްރީލް 2026 ވީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 09:59 އެހައިކަންހާއިރުއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ޖަރުމަނު ވިލާތަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއެކެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، އެ ވަގުތު ކަން ހިނގައިދިޔަ ގޮތުގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުންގެ ބެލުމުގެ ދަށުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

