މާލޭގެ ނޯތު ހާބަރުގައި އަޅާފައި އޮތް ބޯޓެއްގައި ތިބި ފަސް މީހަކު ހާލު ދެރަވެ، ހަބަރު ހުސްވެފައި ވަނިކޮށް ފެނިގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލު ދެރަވެ، ހަބަރު ހުސްވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދުގެ ހެނދުނު 06:35 އެހައިކަންހާއިރުއެވެ. މި މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފަ
މި ހާދިސާގައި ހަބަރު ހުސްވެފައި ވަނިކޮށް ފެނިފައިވަނީ ހަތަރު ބިދޭސީންނާއި ދިވެއްސެކެވެ. ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި ފަސް މީހުންނަކީ ވެސް ފިރިހެނުންނެވެ. މި އެންމެންނަށް ވެސް މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި އަވަސް ފަރުވާ ދެމުންނެވެ.
މި މީހުންގެ ހާލު ދެރަވާން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

