ލ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މި މަހުގެ 1 ވަނަ ދުވަހު ފަށާފައިވާއިރު، އެއް ހަފްތާގެ ތަޖުރިބާ ދަތުރުތަކަށްފަހު މާދަމާއިން ފެށިގެން ދަތުރުތަކަށް އަގު ނަގަން ފަށާނެއެވެ. މި ދަތުރުތަކުގެ އަގުތައް މިހާރު ވަނީ ދަތުރުފަތުރާ ބެހޭ ވުޒާރާއިން އިއުލާންކޮށްފައެވެ.
ދަތުރުތަކުގެ އަގު ކަނޑައަޅާފައިވަނީ ރޫޓުތަކާއި ދަތުރުގެ ދިގުމިނަށް ބަލައިގެންނެވެ.
އެގޮތުން އެންމެ ކައިރި ދަތުރުތަކަށް ކޮޅަކަށް 35 ރުފިޔާ ނަގާއިރު، އެންމެ ދުރު ދަތުރުތަކަށް ނަގާނީ 125 ރުފިޔާއެވެ. ދެކޮޅު ޓިކެޓް ނަގާ ފަރާތްތަކަށް އަގު ހެޔޮވާނެ ކަމަށާއި، ޓިކެޓް ބުކް ކުރެވޭނީ އާރްޓީއެލް އެޕްލިކޭޝަން މެދުވެރިކޮށް ކަމަށް އެމްޓީސީސީން ބުނެއެވެ.
ލ. އަތޮޅުގައި މި ޚިދުމަތް ދިނުމަށް ބޭނުންކުރަނީ އިންޑިއާ ސަރުކާރުގެ އެހީގައި ބަނދެފައިވާ 48 މީހުންގެ ޖާގައިގެ ޒަމާނީ ދެ ލޯންޗެވެ. މީގެ ތެރެއިން ކޮންމެ ލޯންޗެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ 4 ޖާގަ ހިމެނެއެވެ.
ލ. އަތޮޅާއެކު މިހާތަނަށް ރާއްޖޭގެ 15 އަތޮޅެއްގެ 145 ރަށް ވަނީ މި ނިޒާމުން ގުޅާލެވިފައެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ މެދާއި ހަމައަށް ދާއިރު، މިހާރު ޚިދުމަތް ނުފެށި ހުރި މ. އަތޮޅާއި ޒޯން 3 ގެ އަތޮޅުތައް ހިމެނޭހެން މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރުމެވެ.
ނެއެވެ.

